އެންމެންވެސް ކިޔާލުން މުހިންމު!: މަންމައަށް ބޭނުންވާ އެންމެ ކަންތައް އެނގުމުން ދަރިއަކަށް ކުރި އަސަރުން ހިތްފަޅައިގެން ނުދިއައީ ކިރިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެންމެންވެސް ކިޔާލުން މުހިންމު!: މަންމައަށް ބޭނުންވާ އެންމެ ކަންތައް އެނގުމުން ދަރިއަކަށް ކުރި އަސަރުން ހިތްފަޅައިގެން ނުދިއައީ ކިރިޔާ!

އެއީ އެދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ރަށުން ކިޔަވައިދެވެންހުރި ވަރަށް ކިޔަވައިދީފައި މާލެ ފޮނުވިއެވެ. ގެއެއްގައި ބަހައްޓައިގެން ޚަރަދުކުރިއެވެ. ކިޔަވައި ނިމިގެން ވަޒީފާއަދާކުރަން ފެށިތަނާ ބައްޕަ ނިޔާވުމުން ގޭގައި އިންނަން މަންމައަށް ޖެހުނީ އެކަންޏެވެ.  

ދަރިފުޅު ރަށަކަށް ނުދެއެވެ. އެކަމަކު މަންމައަށް އެހީތެރިވެއެވެ. މަންމަ ދުވަސްކޮޅަކަށް މާލެގެނައީ ދަރިފުޅުގެ ކައިވެންޏަށެވެ. ކައިވެނީގެ ކަންކަން ނިމުމުން ރަށަށް ފޮނުވަން ތައްޔާރީތައްވަމުން ގޮސް މަންމަގެ ކިބައިން އެދުނީ ރަށަށް ގެންދަން ބޭނުންވާ ތަކެތީގެ ލިސްޓަކަށެވެ. ލިސްޓް ދީފައި މަންމަ ވަނީ ކޮޓަރިއަށެވެ.  

މަންމަ ދިން ގަނޑުގައި އޮތީ؛ "ލޯބިވާ ދަރިފުޅާއެވެ. މަންމަ މުސްކުޅިވެއްޖެއެވެ. ގައިގެ ބާރު ދެރަވެއްޖެއެވެ. އެކަނި އިންނަން ހަދައިގެން ބޯގޮވައިފިއެވެ. މަންމަ މަރުވާނީ ކޮން ވަޤުތަކުކަމެއް ނުއެނގެއެވެ. މަރުވަންޖެހޭނީ އެކަނިއޮވެ ނޫންކަމެއްވެސް ނުއެނގެއެވެ. މަންމައަށް ކޮށްލައިދޭންވީ އެންމެ ކަމެކެވެ. އެއިރުން ބޭނުންވާ ހުރިހާ އެއްޗެއް ގަނެދެވުނީއެވެ." 

ދަރިފުޅަށް ސޯފާގައި ލެގިލެވުނެވެ. ގިސްލާރޮވުނެވެ. މަންމައާއިމެދު ކަންތައް ކުރެވުނު ގޮތް ވިސްނުނެވެ. ބޭނުންވާ ހުރިހާ އެއްޗެއް ދިނުމަކުން ނުފުދޭކަން ވިސްނުނެވެ. ބާރަށް ގޮސް މަންމަގެ ގާތުގައި އޮށޯވެފައި ބުންޏެވެ. "މަންމަ ބޭނުންވަރަކަށް ފިރުމާށެވެ! ދެން ކޮންމެ ދުވަހަކުވެސް ފިރުމަން ލިބޭނެއެވެ. އެކަނި އިންނަން ރަށަކަށް ނުފޮނުވާނަމެވެ. ދުވަހަކުވެސް ނުފޮނުވާނަމެވެ."

ލޮބުވެތި ދަރިންނޭވެ! މަންމައަށް މިޙާލު ނުޖައްސާށެވެ! ކިތަންމެ ގިނަ އެއްޗެތި ދިނަސް ލޯބިން މަޙްރޫމް ނުކުރާށެވެ! ކިތަންމެ ބައިވަރެއް ދިނަސް ލޯތްބާއި އަޅައިލުން ނުލިބޭނަމަ މައިން ކަރުނައަޅާނެއެވެ. މައިން ބޭނުންވާނީ އެއްޗެތި އެކަންޏެއް ނޫނެވެ. ކިރިޔާ ފުދޭވަރަށް ކަންކަން ކޮށްދިން ނަމަވެސް ލޯތްބާއި އަޅައިލުން ދޭނަމަ ތިބޭނީ އުފަލުންނެވެ.

 

- މިއަދުނޫސް  

އެކަމަކީ އެންމެ ފަހަރަކަށް މަންމަގެ މޭގައި ބޯޖައްސާލައިދޭށެވެ. މަންމަ ދަރިފުޅުގެ ބޮލުގައި ފިރުމައިލުމަށެވެ. އެވަރުކޮށްލައިދީފިނަމަ މަންމައަށް ފުދި އިތުރުވާނެއެވެ."

މިއަދު އޮންލައިން