ކީރިތި ޤުރްއާން އަޑުހަރުކޮށް ކިޔެވުމަކީ އެކަމުން އެތައް ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ކީރިތި ޤުރްއާން އަޑުހަރުކޮށް ކިޔެވުމަކީ އެކަމުން އެތައް ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް!

(ކީރިތި ޤުރްއާން ކިޔެވުމާއިމެދު) އަޅުގަނޑުމެންނަށް ޙަދީޘްގެ ޢިރުޝާދު މި އަންނަނީ ކހިނެއްތޯ؟ 

--- " ޒީނަތްތެރި ކުރާށޭ، --- ކީރިތި ޤުރުއާން ކިޔެވުމުން ތިބާގެ އަޑު ޒީނަތްތެރި ކުރާށޭ. --- ތިބާގެ އަޑުތައް. " އެހެންމަ އަޅުގަނޑުމެންގެ އަޑުތައް ޒީނަތްތެރި ކުރަން މިވީ ކީރިތި ޤުރުއާން ކިޔެވުމުން. މީ އަމުރެއް. --- .

ކިހާމިންވަރަކަށްތޯ ޒީނަތްތެރި ކުރެވެނީ. އެހެންމަ ގޭގަވެސް އަޑުހަރުކޮށް ކީރިތި ޤުރުއާން ކިޔަވަންޖެހޭ. އަޅުގަނޑުމެންނަށް އެހާ، ބައެއް ޢިލްމުވެރިން ވިދާޅުވަނީ މިތާގަ --- ޒީނަތްތެރި ކުރުން އެއީ ތަޖްވީދުގެ އެކިއެކި މަޚްރަޖްތަކަށް ކިޔުއްވާފަ އަދި ޤިރާއަތްތަކަކަށް ކިޔުމުގެ ވާހަކައެއް ނޫން. ރީތި ރާގުތަކަށް ޒީނަތްތެރިކުރަން އެކިއެކި މަޙްފިލްތަކުގަ، ޙަފްލާތަކުގަ ކިޔަވާ، އެކިޔެވުން ކިޔަވާ ވާހަކައެއް ނުން. ޢިލްމުވެރިން ވިދާޅުވަނީ މިތާގަ މީގެ އަސްލު މުރާދަކީ ތިބާ އަޑުހަރުކޮށް އަޑުލާ ކީރިތި ޤުރުއާން ކިޔަވާށެވެ. އަޑު ހަރުކޮށް ކީރިތި ޤުރުއާން ކިޔަވާށޭ. އެހެންމަ ސިއްރުންނެއް ނޫން. އަޑު ހަރުކޮށް ތިބާ ކީރިތި ޤުރުއާން ކިޔަވާށޭ. އަޑު ހަރުކޮށް ކިހާ ވަގުތެއްތޯ ވީ؟ އަޑުމަޑުން ސިއްރުން ކިޔުމާއި އަޑު ހަރުކޮށް ކިޔުމާ ތަފާތު ހުރޭ، އެހެންނޫންތޯ؟ ސިއްރުން އެއްޗެއް ކިޔާލުމާއި ބާރަށް އެއްޗެއް ކިޔާލުމާއި ތަފާތު ހުރެއެއް ނޫންތޯ؟ ވިސްނުމުގަވެސް ތަފާތު ހުރޭ. ކުރާ އަސަރުވެސް ބޮޑު އަޑު ހަރުކޮށް ކީމަ. އެހެންނޫންތޯ؟ 

ކުރީގަ އެއްކަލަ އަޅުގަނޑުމެން ހަނދާންވޭ، ކާފަމެން ބުނާނެ ފޮތް ކިޔާއިރު ދަރިފުޅާ ކަންފަތަށް އޑުއިވޭވަރަށް ކިޔާށޭ. އެހެންބުނޭ، އަޅުގަނޑު ހަނދާން ހުރޭ. ކަންފަތަށް އަޑުއިވޭވަރަށް ބާރަށް ކިޔާށޭ ބުނާނެ. ބާރަށް ކިޔާށޭ، ބާރަށް ކީމައޭ ބޮޑަށް އިނގޭނީވެސް. އެހެންނަމަވެސް ސިއްރުން ކިޔަސް ބުނާނޭ ބާރަށް ކިޔާށޭ. އަސްލު އަޅުގަނޑުމެން އަޑު ހަރުކޮށް ކީމަ އޭގެ ފައިދާ ބޮޑު. ލޮބުވެތި އަޚުން ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް ދޫކޮށްލެވޭކަށް ނެތް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ --- " ތިޔަބައިމީހުން ކީރިތި ޤުރުއާން ކިޔަވާށޭ" --- " ފަހެ ހަމަ ޔަޤީނުންވެސް އެ ޤުރުއާން" -- "އަންނާނެއޭ " -- " ޤިޔާމަތްދުވަހު" ---  " އޭގެ އަޞްޙާބުންނަށް ޝަފާއަތްތެރިވާން."  

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޤިޔާމަތްދުވަހު ވެޔޭ އަހުލުންތަކެއް. އެހިނދު ދެންނެވިއްޖެ ކޮބައިތޯއޭ އެ އަހުލުންތަކަކީ؟  އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވި ކީރިތި ޤުރުއާން ތަރުތީލުކޮށް ކިޔަވާ މީހުން ޤިޔާމަތްދުވަހު ވާނީ ﷲ އާއި މަލާއިކަތް ބޭކަލުންގެ އަހުލުންގެ ތެރެއިންނެވެ. އެހެންމަ ﷲ ގެ ޚައްސަކޮށް ﷲ އަށްވެއޭ އަހުލުންތަކެއް. ﷲ އަށްވާ ޚާއްސަ ބައެއްވޭ ޤިޔާމަތްދުވަހުން. އެއީ ކޮންބައެއްތޯ؟ ކީރިތި  ޤުރުއާނުގެ އަހުލުވެރިން. ކީރިތި ޤުރުއާނުގެ އަހުލުވެރިން. އެހެންވީމަ ކީރިތި ޤުރުޢާން އަދި ކިޔަވާ އަދި އެ އުނގަންނާދިނުމަކީ އެހާ ހެޔޮ ކަމަކަށް ވެގެންމިދަނީ.

-- ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ ޤިޔާމަތްދުވަހު މީސްތަކުން އެއްކުރެވޭނެއޭ. އަދި ދެންނެވޭނެއޭ މީސްތަކުންނަށް -- " ތިބާ ކިޔަވާށޭ" --- " އަދި ތަރުތީލުކޮށް ތިބާ ކިޔަވާށޭ." --- " ތިބާ ދުނިޔޭގަ އުޅުންއިރު ކިޔެވިގޮތަށް ކިޔަވާށޭ." އެހިނދު އެމީހަކު ކިޔަވަން ފަށާނޭ. އަދި އެމީހެއްގެ ދަރަޖަ އުފުލެމުން ދާނޭ. އެމީހަކު އާޔަތްތައް ކިޔަމުންދާވަރަކަށް އޭނަގެ ދަރަޖަ އުފުލިގެންނޭ ދާނީ. އޭނަގެ އެންމެ ފަހުއާޔަތްތައް ކިޔަވާއިރު އޭނަގެ މަންޒިލާއެކީ އޭނައަށް ލިބިގެންދާ ދަރަޖައޭ. އެއީ (ސުވަރުގޭގަ) އޭނާގެ މަންޒިލޭ. އެ މަންޒިލަށް އޭނަ ވަސިލް ވާނެއޭ. އެކަމަކު ފުރިހަމަ މުސްލިމުން އަޅުގަނޑުމެންނަކީ. ހެޔޮ ޞާލިޙު އަޅުންނަށް ވުމަށްޓަކާ މަސައްކަތް ކުރަނީ. އެހެންނޫންތޯ. އެކަމަކުވެސް އަޅުގަނޑުމެން ކިހާ ވަރަކަށްތޯ ކީރިތި ޤުރުއާނާ ދުރީ. ކިހާ ވަރަކަށްތޯ މުރާޖަޢާ ކުރެވެނީ. އަޅުގަނޑުމެން އަމިއްލައަށް ސުވާލު ކޮށްލަމާ ހިނގާ 40 ދުވަސްތެރޭގައި އަޅުގަނޑުމެންނަށް ޚަތިމް ކުރެވޭތަ. އެވަރަށް ކިޔެވޭތަ. މީ ވަރަށް ދިގު މުއްދަތެއް. ބައެއް ބޭފުޅުން 7 ދުވަހުން، 10 ދުވަހުން، 3 ދުވަހުން ކީރިތި ޤުރުއާން އެއްކޮޅުން އަނެއް ކޮޅައް މުރާޖަޢާ ކޮށްލައްވާ.

 

-- ޝައިޚް މުޙައްމަދު މަންސޫރުގެ ދަރުސަކުން

 

މިއަދު އޮންލައިން