މަކަރުވެރިންގެ މަކަރުވެރިކަމުން ރައްކައުތެރިކަން ދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މަކަރުވެރިންގެ މަކަރުވެރިކަމުން ރައްކައުތެރިކަން ދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް!

މަކަރުހެދުމަކީ ކުރެވޭ ކަމެއް ނޫނެވެ. ޤަޞްދުގައި ކުރާ ބޮޑު ކުށެކެވެ. ހިންގާ ބޮޑުޖަރީމާއެކެވެ. މަކަރުހެދުމުން އިތުބާރު ގެއްލިގެންދެއެވެ. ދެމަފިރިންވަކިވެއެވެ. ދަރިންކޮޅު ނިކަމެތިވެއެވެ.  

މަކަރުވެރިކަމަކީ މުނާފިޤުންގެ ސިފައެކެވެ. މުނާފިޤުން ތިބޭނީ ނަރަކައިގެ އެންމެ އަޑީގައެވެ. އެންމެ ގަދަފަދަ ޢަޛާބުގައެވެ.

ތެދުވެރިވުމަކީ ރަޙްމަތެކެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަނީ ތެދުވެރިން ދެކެއެވެ. ބައިވެރިޔާއާއި އެހެން މީހުންގެ ލޯބިލިބޭނީވެސް ތެދުވެރިންނަށެވެ. ވީމާ މިފަދައިން ދުޢާކުރާށެވެ!  

ޔާ ﷲ! މަކަރުހެދުމުގެ ނުބައިކަމުން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އެއްވެސް މީހަކަށް މަކަރުހެދުމުން މިއަޅާގެ ހަތަރެސްފަޔާއި ދޫ ރައްކައުތެރިކޮށްދެއްވަވާނދޭވެ! އަދި މަކަރުވެރިންގެ ނުބައިކަމުންވެސް މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ!  

ޔާ ﷲ! ތެދުވެރިންގެ ތެރެއިން މިއަޅާ ލައްވަވާނދޭވެ! އިނބަ ﷲ ލޯބިވެވޮޑިގަންނަވާ އަޅުންގެތެރެއިން މިއަޅާ ލައްވަވާނދޭވެ! އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން