އާދެ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި އެއްފަހަރެއްގަ އަޞްޙާބު ބޭކަލުންނާއި އެއްކޮށް އިށިއިނދެވަޑައިގެންނެވި މަޖްލީޙެއްގަ އިންނަވަނިކޮށް އެކަލޭގެފާނު މައްޗަށް ބައްލަވައިގެން މި އިންނަވަނީ. އެހިނދު އެކަލޭގެފާނު ވިދާޅުވަނީ މަތިން ވަރުގަދަ އަޑެއް އިވިގެން ދިޔައޭ ގުގުމުގެ އަޑެއް އިވިގެން ދިޔައޭ. އެއަށްފަހު ވަޑައިގެންނެވިއޭ މަލާއިކަތް ބޭކަލަކު. އެބޭކަލަކު ވަޑައިގެންނެވީ ޖިބްރީލް ޢަލައިހިއްސަލާމް އަރިހުގައި. އެއީ މީގެ ކުރިން ދުނިޔެއަށް ވަޑައިގެންފައިނުވާ މަލާއިކަތް ބޭކަލެކޭ. އަދި އެ އަޑަށްފަހު އުޑުގެ ދޮރުކޮޅު ހުޅުވިގެން ދިޔަކަމަށް، އެ ހުޅުވުމަށް ފަހުގަ މި ބޭކަލަކު ވަޑައިގެންނެވީ. ވަޑައިގަތުމާ އެއްކޮށް މި ބާކަލަކުގެ އަރިހުގައި ހުންނަވާ ޖިބްރީލް ޢަލައިހިއް ސަލާމް ކިޔައިދެއްވިއޭ، ކަލޭގެފާނަށް ދެއްވިގެން ވެއޭ އެހެން އުއްމަތްތަކަށް ދެއްވިގެން ނުވާ 2 އެއްޗެއް، ކޮބައިތޯ؟ އެހެން އެއްވެސް އުއްމަތަކަށް ދެއްވިގެން ނުވާ 2 ނޫރެއް ދެއްވިގެން ވިއެވެ. 2 ނޫރެއް. ކޮބައިތޯ؟
-- " އެއީ ސޫރަތުލް ފާތިޙާ -- މި ސޫރަތާއި -- މިރޭ އަޅުގަނޑުމެން މި ކިޔެވި އާޔަތްތައް ހިމެނޭ ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތްތަކެވެ." އެހެންމަ މީ މާތްވެގެންވާކަން. އަދި ކޮބާ. އަދި ހަދީޘް ކުރައްވަނީ --- " ތިޔަބައިމީހުން ޒަހުރާމައިން ކިޔަވާށެވެ." ކޮބައިތޯ ޒަހުރާމައިންނަކީ؟ ބަޤަރާ ސުރަތާއި އާލުޢިމްރާނު ސޫރަތް. ޤިޔާމަތްދުވަހު އަންނާނެއޭ 2 ވިލާގަނޑުގެ ސިފައިގަ އަޅުތަކުންނަށް ރައްކާތެރި ކޮށްދޭން. އެހެންވީމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުއުމިނާ ސިފަ ކުރައްވަނީ --- "މުއުމިނެއްގެ މިސާލުއީ" --- " ޤުރުއާން ކިޔަވާ މުއުމިނާގެ މިސާލުއެއީ " --- " ދޮން ނާރިނގު ނޫންނަމަ އަޅުގަނޑުމެން މިކިޔާ އޮރެންޖެއްފަދަ މީހެކޭ އެމީހަކީ" --- "އޭގެ ރަހަ ފޮނިވާނެއޭ މީރުވާނެއޭ" އެހެންނޫންތޯ؟ އާންމުކޮށް އޮރެންޖު ރަނގަޅު އޮރެންޖެއް، ނިޔަނދުރެއް އެއްޗެއްގަ ވިއްޔާ ފޮންޏެއް ނޫންތޯ. --- "އަދި އޭގެ ވަސްވެސް މީރުވާނެއޭ" އަޅުގަނޑުމެން އޮރެންޖު ތޮށިގަނޑު ކަނޑާލާފަ ބޭއްވީމަ އޭގަ މީރު ވަހެއް ހުރޭ ނޫންތޯ. ދުރަށް ހަމަ ހުންނާނެ. ވަސްވެސް ފޮނިވެގެން ވާނެ. އެއޭ ޤުރުއާން ކިޔަވާ މީހާގެ، މުއުމިނާގެ މިސާލަކީ. ޤުރުއާން ނުކިޔަވާ މުއުމިނާގެ --- " ކަދުރެއްގެ މިސާލެކޭ" ކަދުރު އަސްލު ހިކިވެގެން އައިއްސަ ކަދުރު އޮށެއް އޮންނައިރު އޭގެ ރަހަ މީރުވެދާނެއޭ، އެކަމަކު އެޔަކުން ވަހެއް ނުހުންނާނެއޭ، ހުރޭތޯ؟ އެހެންވީމަ ސިފަކުރައްވަނީ އޭގަ ވަހެއް ނުހުންނާނޭ. އެހެންމަ ފުރިހަމަ މުއުމިނަކަށް އޭރަކުން ނުވޭ. އެތެރެފުށާއި ބޭރުފުއްވެސް ރަނގަޅުވެގެން ޞައްޚަ މީހަކަށް މި ވަނީ.
- ޝައިޚް މުޙައްމަދު މަންސޫރުގެ ދަރުސަކުން