އެއްވެސް ކަމަކަށް ކަންބޮޑުނުވާތި! ކުރިމަތިކުރައްވަވާ ކޮންމެ އިމްތިޙާނަކާއެކުވެސް ދަރަޖަ މަތިވެރިވެގެންދާނެ!: ޑރ. އުމަރު ސުލައިމާން

ކިޔުމަށް ހޭދަވާނީ 1މ 32ސ
އެއްވެސް ކަމަކަށް ކަންބޮޑުނުވާތި! ކުރިމަތިކުރައްވަވާ ކޮންމެ އިމްތިޙާނަކާއެކުވެސް ދަރަޖަ މަތިވެރިވެގެންދާނެ!: ޑރ. އުމަރު ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

ބައެއް މީހުން ﷲ އަށް އަޅުކަން ކުރަނީ ނިކަން ފަސޭހައިން ވެއްޓޭފަދަ އިންފާރެއްގެ މަތީގައެވެ. އެއީ ކޮންމެފަދަ ކަމެއްވެސް ހިނގައިދާނެ ފަދަ ނުރައްކާތެރި ފާރެއްގެ މަތީގައި ތިބުން ފަދަ ކަމެކެވެ. އެމީހުން ހިތްހަމަނުޖެހޭ ފަދަ ކަމެއް ދިމާވާއިރަށް، އެމީހުންގެ އީމާންކަމާއެކު އެ ފާރުމަތިން ފުންމާލައެވެ.

މީގެ އަސްލު ގުޅިފައިވަނީ، ﷲ އާއެކު އޮންނަ ގުޅުމަކީ ޝަރުތުތަކެއްގެ މައްޗަށް ބިނާވެފައިވާ، ހާލަތާ ގުޅިފައިވާ ގުޅުމަކަށް ވުމާއެކު، އެމީހުން ބޭނުންނުވާ ގޮތަކަށް ﷲ އެމީހުން އިމްތިހާނު ނުކުރައްވާހާ ހިނދަކު އެކަނި އެ ގުޅުން ދެމެހެއްޓޭތީއެވެ. 

އަނެއްކޮޅުން، ޠާއިފްގެ ނުހަނު އަސަރުން ފުރިގެންވީ ދަނޑިވަޅުގައި، އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ނިކަމެތިވެ ކެތްތެރިކަން ކޮޅުންލައިގެންދާނެ ފަދަ ހާލަތެއްގައި ރަސޫލާ ﷺ ގެ އަމަލުފުޅުތަކަށް ބައްލަވާށެވެ. 

"އިބަﷲ ތިމަންކަލޭގެފާނު ދެކެ ކޯފާނުވާހާ ހިނދަކު، ތިމަންކަލޭގެފާނު އެހެން އެއްވެސް ކަމަކާ އަޅައެއް ނުލައްވަމެވެ."

ﷲ ތަޢާލާ އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުން އިމްތިހާނު ކުރައްވަނީ، އެއީ އެ އަޅުން އެކަލާނގެ ހަޟްރަތަށް އަނބުރާ ރުޖޫއަކުރެއްވުމަށް ނުވަތަ އެމީހުންގެ ދަރަޖަ އުފުއްލެވުމަށްޓަކައެވެ. 

އަދި ހަމަކަށަވަރުން، ﷲ ގައުމެއްގެ މީހުންދެކެ ލޯބިވެވޮޑިގެންފިނަމަ، އެކަލާނގެ އެމީހުން އިމްތިހާނު ކުރައްވައެވެ. ފަހެ، އެކަމަށް ރުހި ގަބޫލުވެއްޖެ މީހާއަށް ﷲ ގެ ރުއްސެވުން ހުއްޓެވެ. އަދި އެކަމާ މެދު ނުރުހުންވެ ދެކޮޅުހަދައިފި މީހާއަށް ﷲ ގެ ކޯފާ ހުއްޓެވެ.

އެހެންކަމުން، ތިބާއަށް ދިމާވާ އިމްތިހާނަކީ ﷲ ގެ ލޯބިވެވޮޑިގަތުމުގެ ނިޝާނެއްތޯ ނުވަތަ ޢުޤޫބާތެއް (އަޒާބެއް) ތޯ ނިންމަނީ، ތިބާ އެ އިމްތިހާނަށް އިޖާބަދިނީ ރުހުމާއި ކެތްތެރިކަމާ (މަޑުމައިތިރިކަމާ) އެކު ތޯ، ނުވަތަ ރުޅިވެރިކަމާއި ކިބުރުވެރިކަމާއެކު ތޯ މި ކަންކަމުގެ މައްޗަށެވެ.

 

- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން