މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މާލެއާއި ބްރިޖު ސަރަހައްދުގައި ދުވާލަކު އެވްރެޖްކޮށް 7.49 އެކްސިޑެންޓް ހިނގާފައިވާއިވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މާލެއާއި ބްރިޖު ސަރަހައްދުގައި ދުވާލަކު އެވްރެޖްކޮށް 7.49 އެކްސިޑެންޓް ހިނގާފައިވާއިވޭ!

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެއާއި ބްރިޖު ހިމެނޭ ސަރަހައްދުގައި މަގުމަތީގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާކަން ހާމަވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 1,355 އެކްސިޑެންޓް ހިނގާފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.

މި އެކްސިޑެންޓްތަކުގެ ބޮޑު ބައެއް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. މިއީ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވެ، ބާރުބޮޑުވާ ވަގުތުތަކާ ދިމާވާ ކަމެއްކަން ފާހަގަކުރެވެއެވެ.

މަސްތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 253 އެކްސިޑެންޓް ހިނގާފައިވެއެވެ. އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހުގައެވެ. އެއީ 191 އެކްސިޑެންޓެވެ.

މި ހާދިސާތަކުގައި މީހުންނަށް ލިބުނު އަނިޔާތަކަށް ބަލާއިރު، ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 31 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި ހިތާމަވެރި ދެ ހާދިސާއެއްގައި 2 މީހަކު ވަނީ ފުރާނަ ގެއްލިފައެވެ.

އުޅަނދުފަހަރަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، ޖުމްލަ 1,482 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މި ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގައި 3.2 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ނަގައިދެވިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދު އޮންލައިން