ހެނދުނު ތެދުވާ އިރު ކަކުލާއި ހުޅުހުޅުގައި ރިހުން ހުންނަނަމަ މިއޮތީ ލުއިގޮތަކަށް ހޯދިދާނެ ފަރުވާއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހެނދުނު ތެދުވާ އިރު ކަކުލާއި ހުޅުހުޅުގައި ރިހުން ހުންނަނަމަ މިއޮތީ ލުއިގޮތަކަށް ހޯދިދާނެ ފަރުވާއެއް!

މާކުރީގެ މި ފަރުވާ އަކީ އެ ރިހުން ގަޑިއެއްހާ އިރުތެރޭގައި ނައްތާލަދޭނެ އެއްޗެއްކަމަށް ތަޖުރިބާކުރެވިފައިވެއެވެ. ވިސްނަންވީ އަސޭމިރުސް ހަނދާން ނައްތާނުލުމަށެވެ. އެހެންވެއްޖެ ނަމަ މުޅި ބޭސް އެއްކޮށް ބޭކާރުވީއެވެ.  

ބޭނުންވާނެ ތަކެތި:

1 ސައި ސަމުސާ ރީނދޫ

1 ސަމުސާ މުގުރި އަސޭމިރުސް

1 ސަމުސާ މާމުއި

ހޫނު ކިރު ތަށްޓެއް

ކިރުތަށި ތެރެއަށް ރީނދޫ ކޮޅާއި، އަސޭމިރުސް ކޮޅު އަދި މާމުއި ސަމުސާ އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. ހޫނުކޮށް ހުއްޓަ މަޑު މަޑު އެތިއެތި ފޮދުން ބޯލާށެވެ. މި ބޭނުންކުރާތާ  ގަޑިއެއްހާއިރު ތެރޭގައި އެ ތަދު މަޑު މަޑުން ލުއިވާން ފަށާނެއެވެ.

އަސޭމިރުސް މުހިއްމު ވާ ސަބަބަކީ ރީނދޫއިން ފަރުވާ ލިއްބައިދޭ މާއްދާއަށް ކިޔަނީ ކަރކިޔުމިން އެވެ. ހަމައެކަނި އެ މާއްދާ ހަށިގަނޑު އެތެރެ ވާނަމަ ހަށިގަނޑު އޭގެ ހުރިހާ ބައެއް ބޭރުކޮށްލައެވެ. މިކަން ބަދަލު ކޮށްލަނީ އަސޭމިރުހެވެ. އަސޭމިރުހުގެ ސަބަބުން ކާރކިޔުމިން މި މައްދާ ދާންޖެހޭ ދިމަ ދިމާއަށް ފޮނުވާދެއެވެ. އަދި ހުޅުތަކުގެ ރިހުން ލުއި ކޮށްދެއެވެ. 

ނަމަވެސް އާންމުކޮށް ގެންގުޅޭ ސަމުސަލުގެ ރީނދޫގައި ހިމެނޭނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށްވުމުން އަސަރު އަވަހަށް ނުފެންނާތީ ގިނަ މީހުން އުއްމީދު ކަނޑާލައި ރިހުން ކަނޑުވާ ބޭސްތަކާރިމާއަށް އެނބުރެއެވެ. މީގެ ސަބަބުން ކުރީގެ މައްސަލަތަކުގެ އިތުރަށް އިތުރު މައްސަލަތައް ދިމާވެއެވެ.  

ހަޤީގަތުގައި މީގެ އަސަރު ފެންނާނީ ކަރކިޔުމިން މި މާއްދާ ކޮންމެ ދުވަހަކުވެސް ލިބުމުންނެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

 

 

މިއަދު އޮންލައިން