ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފި

ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ސަރުކާރާއި ތުރުކީވިލާތުގެ ސަރުކާރާ ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް "މޯލްޑީވްސް-ތުރުކިޔޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް" (ޕީޓީއޭ) ގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރު ނޮވެންބަރު މަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ގައުމުން ބޭރަށް ކުރެއްވި ދަތުރުޅަކީ ތުރުކީވިލާތައް ކުރެއްވި ދަތުރުފުޅެވެ. 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީ ވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއި ބައްދަލުކުރައްވާ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ވިޔަފާރިއާއި އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

މި އެއްބަސްވުމަށް މިއަދުން ފެށިގެން ފެށިގެން ޢަމަލުކުރަން ފަށުމަކީ ދިވެހި މަސްވެރިކަމުގެސިނާއަތަށް ލިބިގެންދިޔަ، ބޮޑު ކުރިއެރުމެކެވެ.

މީގެ ސަބަބުން ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިކޮށް 85 މިލިޔަން މީހުންގެ މާކެޓެއް މި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ހުޅުވިގެންދާނެއެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އެކި ގޮތްގޮތުން ފައިދާ ކިރާނެ ކަމެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 އިން 29 އަށް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއި ބައްދަލުކުރައްވާ، ވިޔަފާރިއާއި އިންވެސްޓްމެންޓް ދައިރާ ހިމެނޭހެން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް، ކުރެއްވި މަޝްވަރާގެދަށުން ފަހިވެގެން ދިޔަ ފުރުސަތެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން