ޑޮކްޓަރުންނަށްވެސް އެނގެނީ ފުރާނަ ހަށިގަނޑުން ބޭރުވާކަން! އެއިގެ ސިފައެއް، އެއަށް ވީގޮތެއް، ވާނެގޮތެއް އެނގޭ މީހަކު ނެތް! ދުނިޔޭގެ އެންމެން އެކުވިޔަސް ނުވެސް ހޯދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ޑޮކްޓަރުންނަށްވެސް އެނގެނީ ފުރާނަ ހަށިގަނޑުން ބޭރުވާކަން! އެއިގެ ސިފައެއް، އެއަށް ވީގޮތެއް، ވާނެގޮތެއް އެނގޭ މީހަކު ނެތް! ދުނިޔޭގެ އެންމެން އެކުވިޔަސް ނުވެސް ހޯދޭނެ!

އެމީހާގެ ހަށިގަނޑުގައިވާ ފުރާނައަށް ރައްކައުތެރިވާންބުނީމާ އެކަމަށް ސުވާލުތައް އުފައްދައެވެ. އެއީ ފުރާނައިގެ މަތިވެރިކަމާ ފުރާނައިގެ މިލްކްވެރިފަރާތް ނުވިސްނޭތީއެވެ. ކުރުކޮށްބުނާނަމަ ފުރާނައާއިބެހޭ ގޮތުން ހަމައެއްކަމެއްވެސް ނުއެނގޭތީއެވެ.  

ސައިންސުގެ ހޯދުންތައް މިހައި ބޮޑަށް ކުރިއަރައިގެންދިއައިރުވެސް އަދި އެކަމަށް މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން ގެންދާއިރުވެސް މިހައި ތަނަށްވެސް އެއްވެސް ކަމެއް އޮޅުން ނުފިލުވޭ ކަންކަމުގެ ތެރޭގައި ފުރާނައާއިބެހޭ ކަންކަން ހިމެނެއެވެ. ރަޙިމުގައި އޮންނަ ކުއްޖާގެ ފުރާނަ އެޅުއްވެވޭ ގޮތާއި އަދި މީހުންގެ ފުރާނަ ހަށިގަނޑުން ބޭރުވެގެންދާ ގޮތާއިބެހޭގޮތުން އެއްވެސް ކަމެއް އޮޅުން ފިލުވިފައެއް ނެތެވެ.  

ހަމައެކަނި އެނގޭ ކަމަކީ އެންމެ ކުރިންސުރެ އެނގޭ ކަންކަމެވެ. އެނގެނީ އެންމެކުރިންސުރެވެސް އެނގޭ މިންވަރަށެވެ. އެއީ ރަޙިމުގައި އޮއްވައި ފުރާނަ އަޅުއްވަވާ ކަމާއި ކޮންމެ ވަޤުތަކުވެސް ފުރާނަ ހަށިގަނޑާއި ވަކިވެގެން ހިނގައިދާކަމެވެ.  

ސައިންސްވެރިންނާއި ޑޮކްޓަރުން އެންމެ ބޮޑަށް ކަންބޮޑުވަނީ ބަލިޙާލުވެ ބޮޑުވެ ދެން އެމަރުވަނީ ކަމަށް ޤަބޫލުކުރެވޭ ޙާލަތަށް ކަންކަން ގޮސްފައިވެސް މަރުނުވެ އެތައް ދުވަހެއް ވަންދެން އޮންނަ ކަމެވެ. އަދި އެޙާލަތަށް ގޮސްފައިވެސް އެތައް ބައަކަށް ޝިފާލިބި އަލުން ދުނިޔޭގައި އުޅުމުގެ ފުރުޞަތު ލިބޭތީއެވެ.

މިކަންކަމަށް ވިސްނުމުން އެނގެނީ ފުރާނައިގެ މިލްކުވެރިފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ. ދިރިހުރެވޭނީ ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށް ކަމެވެ. އެމުއްދަތުގައި އެމީހަކު މަރުނުވާނެކަމެވެ.  

ހަމައެކަނި މިކަންކަމަށް ވިސްނި ނަމަވެސް ދުނިޔޭގައި ހުންނަން ލިބޭ ފުރުޞަތުގައި ތަޤްވާވެރިވެ ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރި ދިއުމަށް ތައްޔާރުވާން ބޭނުންވާ މީހަކަށް ފުދޭނެއެވެ. ފުރުޞަތުގެ ބޭނުން ހިފުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މަރުނުވާން ޒުވާން ލޭ އަޅައި ލޭ ބަދަލުކުރަމުން ދިއަ މީހާ ބަލިކަށި މަދިރި ޖައްސާ މެލޭރިޔާ ހުރި ލޭ ގައަށް އެޅިގެން  މަރުވި ގޮތުގެ ވާހަކަ!  

އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންނާއި އެއްވެސް ރަސޫލުބޭކަލަކު ޤަބޫލުނުކުރާ މީހުންނާއި ނަރަކަ ޢާއި ސުވަރުގެ އާއި އުޑުތަކާއި އަދި ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންނާއި ބައްދަލުވާނެއެވެ. މިފަދަ ކިތަންމެ ގިނަ ބާވަތެއްގެ މީހުންނާއި ބައްދަލުވި ނަމަވެސް ބައްދަލު ނުކުރެވޭނެ އެކަކު ހުންނާނެއެވެ. އެއީ އޭނާ މަރުނުވެ ދުނިޔޭގައި އަބަދު ހުންނާނެކަމަށް ޤަބޫލުކުރާ މީހާއެވެ.  

މާނައަކީ އެހެން އެއްވެސް ކަމެއް ޤަބޫލުނުކުރި ނަމަވެސް ކޮންމެ މީހަކުވެސް މަރުވާނެކަން ޤަބޫލުކުރާނެ ކަމެވެ. ކައްވަޅުގެ ޢަޛާބާއި މަރުއްވުމަށްފަހު އަލުން ދިރުއްވަވާނެ ކަމާއި މަހްޝަރު ކުރައްވަވައި ހިސާބު ބައްލަވާނެކަން ޤަބޫލު ނުކުރިނަމަވެސް މަރުވާނެކަން ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ.  

ސައިންސާއި ޓެކްނޮލޮޖީ ކުރިއަރައިގެން އައުމުން ރަސިއާގެ ސައިންސްވެރިއެއް، ފިލޯސަފަރެއް، ޑޮކްޓަރެއް ކަމަށްވާ އެލެކްސެންޑަރ ރޮޑްގޮނޮފް ކިޔާ މީހަކު މަރުނުވާނެ ގޮތެއް ހޯދަން ވެގެން އޭނާގެ ގައިން ލޭ ނަގައި ޒުވާނުންގެ ގައަށް ލޭއަޅައި އަދި ޒުވާނުންގެ ގައިން ނަގާ ލޭ އޭނާގެ ގައަށް އަޅަމުން ދިއައެވެ. އޭނާ އެންމެފަހުން މަރުވީ މެލޭރިއާ ޖެހިފައިވާ ޒުވާނެއްގެ ލޭ އޭނާގެ ގައަށް އެޅިގެންނެވެ. މަރުނުވެ ދިރިހުރެވޭނެ ގޮތް ހޯދަން އުޅުނު މީހާއަށް ޖެހުނު ޙާލަކީ މިއީއެވެ.

ތިމަންނާ އަކީ ބިމުގެ ކަލާނގެ ކަމަށާއި އެންމެހައި ބާރުތަކެއް ލިބިގެންވާ މީހެއް ކަމަށް ދައުވާކުރި ނަމްރޫދް މަރުވުމަށް މެދުވެރިކުރެއްވެވީ މަދިރިއެކެވެ. އެއިގެ އެތައް ހާސް އަހަރެއް ފަހުން އެލެކްސެންޑަރ ގެ ފުރާނަ ވެސް ދިއަ ކަމަށް މިވަނީ ހަމަ ބަލިކަށި މަދިރިއެއްގެ ސަބަބުންނެވެ. ވީއިރު އިންސާނުންނަކީ ކޮން ބާރެއް ލިބިގެން އުޅޭ ބައެއް ހެއްޔެވެ؟ އެމީހުންނަށް ލިބިގެންއުޅޭ ހަމައެކަނި ބާރަކީ ޝައިޠާނާގެ ވަސްވާސްތައް ޤަބޫލުކޮށް މަގުފުރެދުމުގެ ބާރެވެ. އެބާރުވެސް ލިބިފައިވަނީ އެކަމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވެވުމުންނެވެ.

މީސްތަކުންނޭވެ! މަރުގެ ވަގުތު ޖެހުމުން އެންމެ ބާރުގަދަ މީހާގެވެސް، އެންމެ ނުފޫޒުގަދަ މީހާގެ ވެސް އަދި އެންމެ މުއްސަނދިމީހާގެވެސް އަދި އެއްވެސް ތަނަވަސްކަމެއް، އެއްވެސް ބާރެއް، އެއްވެސް ނުފޫޒެއް ނެތް މީހާގެވެސް ފުރާނަ މަލަކުލްމައުތު ހިއްޕަވާނެތެވެ. އެކަމަށް އެޅޭނެ އެއްވެސް ހުރަހެއް ނުއޮންނާނެއެވެ.

 

 

މިއަދު އޮންލައިން