ކުރައްވާ އަޅުކަން ސިއްރުކުރައްވަން އެބޭކަލުން މަސައްކަތް ކުރެއްވެވި މިންވަރު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުރައްވާ އަޅުކަން ސިއްރުކުރައްވަން އެބޭކަލުން މަސައްކަތް ކުރެއްވެވި މިންވަރު އެނގޭތަ؟

ކުރާ އަޅުކަން ސިއްރުކުރަން އިލްތިމާސްކޮށް ނަޞީޙަތްތެރިވުމަށް ކުރަމުން މިގެންދާ މަސައްކަތަށް ވަރުގަދަ ބޮޅެއް އިތުރުކޮށްލާނަމެވެ. އިން ޝާ ﷲ   

ތާބިޢީ ބޭކަލެއް ކަމުގައިވާ ޢަބްދުއްރަޙުމާން ބިން އަބީ ލަޢިލާ ރަޙިމަހުﷲ ރޭގަނޑު ދަމު ނަމާދު ކުރައްވަން ހުންނަވަނިކޮށް މީހަކު ގެޔަށް ވަންނަ ނަމަ ނަމާދު މެދު ކަނޑުއްވާ ލައްވާފައި އެނދުގައި އޮށޯވެވަޑައިގެން އަވަހާރަފުޅު ލައްޕަވާކަމަށް ހައްދަވައެވެ.  

އެމީހަކު ވަދެ ބުނާނެއެވެ. މިއީ ނިންޖަކުން ހޭލައްވާ ބޭފުޅެއްވެސް ނޫންތާއެވެ! ގިނަ ވަޤުތު ތަންމަތީގައި ނިދިކުރައްވަނީއެވެ.  

ނަމަވެސް އެބައިމީހުންނަކަށް އެކަލޭގެފާނު ނަމާދުކުރައްވާ ކަމާއި އަދި އެބައިމީހުންނަށް އެކަން ފޮރުއްވަވަނީކަމެއް ނޭނގެއެވެ. 

ޢަބްދުއްރަޙުމާން ބިން އަބީ ލައިލާ ރަޙިމަހުﷲ:  

އެކަލޭގެފާނަކީ ޢައްލާމާ އަލްޙާފިޡު އަލްފަޤީހު އަބުލް ޢީސާ ޢަބްދިއްރަޙުމާނު ބިން އަބީ ލައިލާ އަލްއަންސާރީއެވެ. ތާބިއީ ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ. ނުވަތަ އޭގެ ކުރިންނެވެ. އަދި އުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ މެދެތެރޭގައި ކަމަށްވެސް ބުނެވެއެވެ.  

ޞަޙާބީ ބޭކަލުންގެ ތެރެއިން ޢުމަރު ޢަލީ އިބުނު މަސްޢޫދު ބިލާލު ރަޟިޔަﷲ ޢަންހުމް ފަަދަ އެތައް ޞަހާބީ ބޭކަލުންނެއްގެ ކިބައިން ޙަދީޘް ރިވާކުރެއްވިއެވެ . އެކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވީ ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިންނެވެ. އެކަލޭގެފާނަކީ ވަރަށް ގިނަ ޙަދީޘްރިވާކުރައްވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަކޮށްލެވުނީ ހިޖުރީ ސަނަތުން 82 ނުވަތަ 83 ވަނަ އަހަރުގައެވެ.

 

- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު- ދިސަލަފިއްޔާ

 

މިއަދު އޮންލައިން