ޢާއިޝަތު ރަފާޙް ޢަލީ
"ﷲގެ ޙަޟްރަތުން މުސްތަޙީލު ކަންކަމަށް އެދި ދަންނަވާށެވެ! ތިޔަބައިމީހުންނަށް މުސްތަޙީލު ކަމެއްގެ ގޮތުގައި ފެންނަ ކަންކަމަށް އެދޭށެވެ. ހިތާމައަކީ، އަހަރެމެން އެކަކު އަނެކަކުގެ ކިބައިން ކަންކަމަށް އެދެވޭ ހިނދު، އެންމެ ބާރުވެރި، ކުޅަދުންވަންތަ އިލާހުގެ މަތީން ހަނދާން ނެތޭތީއެވެ.
ﷲ ގެ ޙަޟްރަތުން އެދި ދަންނަވާށެވެ. މީގެ ސިއްރަކީ މިއީއެވެ. ފުރިހަމަ ޔަޤީންކަމާއެކުގައެވެ. ﷲއަށް ކެންސަރު ބައްޔަކީ ކޮން އެއްޗެއް ހެއްޔެވެ؟ ﷲގެ ޙަޟްރަތުގައި ބިލިއަން ޑޮލަރުގެ ދަރަންޏަކީ ކޮން އެއްޗެއް ހެއްޔެވެ؟ ފުރިހަމަ ޔަޤީންކަމާއެކު ދުޢާކޮށް އެދި ދަންނަވާށެވެ.
މިއީ މުޢުޖިޒާތެކެވެ.
ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴿١٨٦﴾
މާނަ: "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ. (186)"
އަންބިޔާ ސޫރަތުގައިވާ ޔޫނުސްގެފާނުގެ ވާހަކައިންވެސް ދުޢާކުރުމުގެ މުހިއްމުކަން އެނގިގެންދެއެވެ.
އަންބިޔާ ސޫރަތުގެ 18 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿٨٣﴾
މާނަ: އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. (83)