ކަނބަލުންނަށް ޚާއްޞަ: ހުރިހާ އެކުވެރިންނަށް ޝެއާކޮށްލާ! ތަނަވަސް އަންހެނުން މަދުވާ ސަބަބާ އެކަމަށް އޮތް ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަނބަލުންނަށް ޚާއްޞަ: ހުރިހާ އެކުވެރިންނަށް ޝެއާކޮށްލާ! ތަނަވަސް އަންހެނުން މަދުވާ ސަބަބާ އެކަމަށް އޮތް ޙައްލު!

ފައިސާވެރި އަންހެނުން ތިބިނަމަވެސް ނިޞްބަތުން އަދި މަދެވެ. ހުރިހާ ޤައުމުތަކެއްގައިވެސް މިކަން އޮތީ މިފަދަ ގޮތަކަށެވެ. އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އަންހެނުންގެ ހުޝިޔާރުކަން ކުޑަވުމެއް ނޫނެވެ. ލޯބިވެރިއަކު ހޯދާހިސާބުން އޭނާ ބުނާހައި ގޮތަކަށް ކަންކަންކުރަން ހަދައިގެން އަމިއްލަ މަސައްކަތާއިގެން ކުރިއަށް ނުދެވޭތީއެވެ.

އަހުރެންގެ ނަޞީޙަތަކީ އަންހެނުންވެސް މަސައްކަތާއިގެން ކުރިއަށްދާން އިތުރަށް މަސައްކަތްކުރުމެވެ. ލޯބީގެ ކުޅިގަނޑުގައި ގެނބިގެން ނުދިއުމެވެ. ލޯބިވެރިޔާ ބުނާހައި ގޮތެއް ހެދިނަމަވެސް ދިރިއުޅުމަކަށް ފަށާތަނުން ކަންކަން މެދުވެރިވާ ގޮތް އަބަދު ފެންނައިރު ޢިބްރަތް ޙާޞިލުކުރުމެވެ.  

ކިޔެވުން ހުއްޓައިނުލާށެވެ! ކުރިއަށްދާން ޤަޞްދުކުރާ ދާއިރާ ކަނޑައަޅައި އެދާއިރާއިން ކުރިއަށްދިއުމަށް ކުރާ މަސައްކަތުގައި ދޫނުދޭށެވެ. ސޯޝަލްމީޑިއާއާއި ފޯނުކޯލުތަކުގައި ވަޤުތުތައް ނަގައިނުލާށެވެ!  

ލޯބިވެރިންގެ އަވާގައިޖެހުމުން ބައެއް މައިންބަފައިން ދަރިންނާ ކުރާ ސުވާލެކެވެ. "ދަރިފުޅާއެވެ! ލޯބިވިއްޔާ ކާންބޯންލިބޭނެ ހެއްޔެވެ؟ ބޭނުންތައް ފުއްދައިގެން އުޅެވޭނެ ހެއްޔެވެ؟ އެކަނިވެރިވާން ނުޖެހޭނެކަން ޔަޤީންވަނީ ހެއްޔެވެ؟"  

މިފަދަ ސުވާލުތައް އެކުރަނީ ދަރިންދެކެ ލޯބިވާތީއެވެ. ވިސްނައިދެވޭތޯއެވެ. މައްސަލައަކަށްވަނީ ލޮބީގެ އަވާގައި ޖެހެވުމުން މިފަދަ ކަންކަމަށް ވިސްނައިނުލެވޭތޯއެވެ. މައިންބަފައިންނާއި ހެޔޮއެދޭ މީހުންގެ ނަޞީޙަތް ޤަބޫލުނުކުރެވޭތީއެވެ.  

ތަކުރާރުކޮށްވެސް ބުނެލަން އޮތީ އެކަނިވެރިވާންޖެހުނަސް އަމިއްލަފައިމަތީގައި އުޅެވޭނެ ގޮތަށް ތައްޔާރުވާށެވެ. ކިޔަވާށެވެ. މަސައްކަތްދަސްކުރާށެވެ. ހީވާގިވާށެވެ. ދަރިން ލިބި ގޭގައި ހުންނަން ޖެހުނަސް މަސައްކަތުގައި ކުރިއަށްދިއުމުގެ ފުރުޞަތު މިހާރު އޮތީ ފަހިކޮށެވެ.

 

- ތަޖުރިބާޖާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

 

މިއަދު އޮންލައިން