ކަނބަލުންނަށް ޚާއްޞަ!: ބަނޑުހައިވުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެއް! ހަމައެކަނި ފިރިމީހާއަށާ ދަރިންނަށް ކާންދިނުމަކުން ނުފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކަނބަލުންނަށް ޚާއްޞަ!: ބަނޑުހައިވުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެއް! ހަމައެކަނި ފިރިމީހާއަށާ ދަރިންނަށް ކާންދިނުމަކުން ނުފުދޭނެ!

ބަނޑުހައިވުމާއިމެދު ގިނަ ބައަކު ޤަބޫލުކުރާ ކަމެއް އެބައޮތެވެ. އެއީ ބަނޑުިހައިވުމަކީ ރުޅިގަދަވާ ކަމެއްކަމެވެ. ނަމަވެސް މިހާރު މިއުޅެނީ ބަނޑުހައިވުމާއިމެދު މާބޮޑުކަމެއް އެނގިގެންނެވެ. އެކަމަކީ ބަނޑުހައިވުމަކީ، ޚާއްޞަކޮށް ބަނޑުހައިވެގެން ގިނައިރު ހުރުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމރެއ ކަމެވެ!  

މިދިރާސާ ނުކުރެވޭއިރު ބަނޑުހައިވުމާއިމެދު އެގިފައި ހުރި ކަންކަމަށް މިދިރާސާއަކުން އެއްވެސް ބަދަލެއް ނާދެއެވެ. ލިބުނީ ފަސޭހައެކެވެ. އިތުރު ޔަޤީންކަމެކެވެ.  

ގިނަ އަންހެނުން ދަރިންނަށާއި ފިރިމީހާއަށް ކާންދޭން ސަމާލުކަންދެއެވެ. އެކަމަކު އެމީހުން ނުކައި ގިނަ ވަޤުތުތަކެއް ހޭދަކުރެއެވެ. މިއީ އަމިއްލައަށް ލިބިގަނެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ގޭހުގެ މައްސަލަތައްވެސް ބޮޑުވެގެންދާ ކަމަކަށްވާތީއެވެ. ވީމާ ތިމާމެންވެސް ކޮންމެވެސް މިންވަރަކަށް ކައިގެން ތިބުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.  

ލޮބުވެތި ކަނބަލުންނޭވެ! ވައިގެ އުނދަގޫތައ ކުރިމަތިވެ ބޭސްކުރަން ޖެހޭ މީހަކަށް ނުވާށެވެ! އަދި ސިކުނޑިއަށް ގެއްލުން ނުދޭށެވެ! ތިއަ ކަނބަލުންގެ ޞީއްޙަތަށް އިސްކަންދޭށެވެ. ދަރިންބެލޭނީވެސް ފިރިމިހާއަށް ޚިދުމަތްކުރެވޭނީ ތިއަ ކަނބަލުން ރަނގަޅު ޞިއްޙަތެއްގައި ތިބެގެންނެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން