މައިން ނަޞީޙަތްދިނުން ހުއްޓާލަނީ ލޯބިނުވާތީއެއް ނޫން! އެޙާލަތަށްދާން މަންމައަށް ޖެހުމަކީ މަންމައަށް ދެވޭނެ އެންމެ ބޮޑުއަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މައިން ނަޞީޙަތްދިނުން ހުއްޓާލަނީ ލޯބިނުވާތީއެއް ނޫން! އެޙާލަތަށްދާން މަންމައަށް ޖެހުމަކީ މަންމައަށް ދެވޭނެ އެންމެ ބޮޑުއަނިޔާއެއް!

ފުރަތަމަ މިގޮތަށް ވިސްނާށެވެ! ތިބާއަށް ކުށެއް ކުރެވޭނަމަ ބައިވަެރިޔާ އެކަން ފާހަގަކުރާނެއެވެ. އަދި ނަޞީޙަތްދީ އާދޭސްވެސް ކުރާނެއެވެ. ނަމަވެސް ތިބާ ބަދަލުވިނަމަ އެވާހަކަދެއްކުން ހުއްޓައިލާނެއެވެ. އަދި އެހެން ގޮތެއް ހޯދާނެއެވެ.  

މަންމަވެސް ކުރަނީ އެއްކަމެކެވެ. ނަޞީޙަތްދީ އާދޭސްކުރާނެއެވެ. ޤަބޫލުނުކުރުމުން ނަބީޙަތްދިނުން ހުއްޓައިވެސްލާނެއެވެ. އެއީ ނަޞީޙަތް ޤަބޫލުނުކުރުމުން ހިތަށްލިބޭ އަނިޔާ ބޮޑުކަމުންނެވެ. ނަމަވެސް މަންމަގެ ޙާލަތު ތަފާތެވެ. މަންމައަކަށް ދަރިފުޅު ދޫކޮށެއް ނުލެވޭނެއެވެ. ހެޔޮދުޢާކުރުންމަތީގައި ހުންނާނެއެވެ.  

އަހުރެން މިދައްކަނީ މަންމަ ބުނާ ހުރީހާވާހަކަތަކެއްގެ ވާހަކައެއް ނޫނެވެ. ދޭހެޔޮނަޞީޙަތުގެ ވާހަކައެވެ. މަންމްގެ ނަޞީޙަތް ދަރިން ޤަބޫލުނުކޮށް ކުރާ ކަންކަމުން ކަރުނައަޅަންޖެހުން އެއީ އެންމެ ގާތުގައި އޮންނަ ކަންތަކެވެ. ސަބަބަކީ ހެޔޮލަފާ މައިން ދޭނީ އެންމެ ހެޔޮ ނަޞީޙަތެވެ. ދަރިންދެކެ މަންމައަށްވުރެ ބޮޑަށް ލޯބިވާނެ މީހަކު ނުހުންނާނެތީއެވެ.  

ވީމާ މަންމަ ނަޞީޙަތް ދިނުމުން ކުރިމަތީގައި ޖަދަލުނުކުރާށެވެ! މަންމައާއި ދެބަސްނުވާށެވެ. މަންމަދިން ނަޞީޙަތަށް ފުންކޮށްވިސްނާށެވެ. ޤަބޫލުކޮށް ޢަމަލުވެސްކުރާށެވެ! އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އަދިވެސް ތަކުރާރުކޮށްލާނަމެވެ! މަންމައަށްވުރެ ތިބާދެކެ ލޯބިވާ މީހަކު ނުހުންނާނެއެވެ. ވީމާ އެންމެ ރަނގަޅު ނަޞީޙަތްދެވޭނީވެސް މަންމައަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން