އޭނާގެ ފިރިމީހާއަކީ ވަރަށް ހެޔޮލަފާ މީހެކެވެ. އެކަމަކު ތަންކޮޅެއް ބަސްމަދު މީހެކެވެ. ލޯބީގެ ވާހަކަތައް ޢަމުދުން ނުވެސް ދައްކައެވެ. އެެހންވެ ހުރެވެނީ ކަންބޮޑުވެވިފައެވެ. ފިރިމީހާ އޭނާދެކެ ލޯބިނުވަނީކަމަށް ޝައްކުކުރެވޭތީއެވެ. ނަމަވެސް ޢަމަލުތަކުން ހެޔޮބޮޑުކަމުން އެއްވެސް ޝަކުވާއެއް ނުކުރެއެވެ.
އެއްދުވަހަކު ކޮޓަރި ސާފުކުރަން އުޅެނިކޮށް ފެންނަނީ ކަރުދާސްގަނޑެކެވެ. ފިރިމީހާ ރޭއަޅުކަންކޮށްފައި ކުރާ ދުޢާތައް ލިޔެފައިވާ ފޮތުގެ ތެރެއިންނެވެ. އެދުޢާއިން އެނގުނީ އޭނާގެ އިތުރަށް އޭނާގެ މަިންބަފައިންނަށާއި ޢާއިލާއަށްވެސް ހެޔޮދުޢާކުރާ ކަމެވެ. އަދި ދުޢާގައިވެއެވެ.
"ޔާ ﷲ! މިއަޅާގެ އަނބިމީހާ އަބަދުވެސް އުފަލުގައި ލަހއްޓަވާނދޭވެ! މިއަޅާގެ ސަބަބުން އޭނާއަށް އެއްވެސް ވަރެއްގެ ހިތްދަތިކަމެއް ލިބޭނެ އެއްވެސް ކަމެއް ކުރެވުމުން މިއަޅާއަށް ސަލާމަތްކޮށްދެއްވަވާނދޭވެ! ދުނިޔޭގެ ޙަޔާތުގެ އިތުރަށް ސުވަރުގޭގައި އަޅަމެން އެކުގައި ލައްވަވާނދޭވެ!" އާމީން
އޭނާއަށް އުފަލުން ރޮވުނެވެ. ފިރިމީހާ މިފަދަ ވާހަކައެއްވެސް ނުބުނެއެވެ. އެގެންދަނީ އަހުރެންނަށްޓަކައި ދުޢާކުރަމުންނެވެ. އަހުރެންގެ ޢާއިލާއަށްޓަކައިވެސް ދުޢާކުރަމުންނެވެ. އަނެކާއަށް ސިއްރުން ހެޔޮދުޢާކުރުމުން މަލާއިކަތުން އާމީން ވިދާޅުވާނެތެވެ. ވީމާ ފިރިމީހާގެ ދުޢާ ﷲ ތަޢާލާ ވާނީ ޢިޖާބަ ކުރައްވަވައިފައެވެ.
އެވަޤުތުން ފެށިގެން ފިރިމީހާގެ ބަސްމަދުކަމާއި ލޯބިވާ ވާހަކަ ނުބުނުންމަތިން މުޅިނަ ހަނދާން ނައްތައިލިއެވެ. ކުރިއަށްވުރެވެސް ބޮޑަށް ފިރިމީހާއަށް ލޯބިދީ ހެޔޮކޮށްހިތަން ފެށިއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޤީޤީ ލޯބިވެރިންނަކީ މިއީއެވެ. މިފިރިމީހާ ފަދަ މީހުންނެވެ. ހުރިހާ ފިރިންވެސް އަދި އަނބިންވެސް ވާންވީ ބައިވެރިޔާއަށްޓަކައި މިފަދައިން ކަންކަން ކުރާ މީހުންނަށެވެ. އެއިރުން ދެދުނިޔޭގެ އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން