ބޯފެންތަށި ކުރިމަތީގަ ބަހައްޓައިގެން މީހުންނަށްވެސް އަދި އަމިއްލަ ނަފުސަށްވެސް ނުބައިބަސްބުނުމަކީ ދެރަ ލިބިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބޯފެންތަށި ކުރިމަތީގަ ބަހައްޓައިގެން މީހުންނަށްވެސް އަދި އަމިއްލަ ނަފުސަށްވެސް ނުބައިބަސްބުނުމަކީ ދެރަ ލިބިދާނެ ކަމެއް!

އަހުރެން މިވާހަކަ މިދައްކަނީ ފޮތެއްގައި އޮވެގެންނެއް ނޫނެވެ. ކާފަމެން ބުނެ އުޅުނު ވާހަކައަކަށްވެފައި އެކަމުގައި ބުއްދިޤަބޫލުކުރެވޭ ހެކިތަކެއްވެސް ހުރުމުންނެވެ.  

ބޯފެންތަށި ކުރިމަތީގައި ބަހައްޓައިގެން ބުނެވޭ ބަސްތަކުން އެފެނަށް ވައިބްރޭޝަން ލިބެއެވެ. އެކަމުގެ އަސަރު އެފެން ބުއިމުން ކުރެއެވެ. ވީމާ ކާންތިބޭއިރުނަމަވެސް އަދި އެހެން ޙާލަތެއްގައި ނަމަވެސް ކުރިމަތީގައި ފެންތަށިބަހައްޓައިގެން ތިބެ ޣީބަނުބުނާށެވެ. އަމިއްލަ ނަފުސަށްކަމަށްވިޔަސް ދެރަބަސް ނުވަތަ ނުބައި ބަސްތައް ނުބުނާށެވެ.  

އަހުރެމެން ރުޤްޔާކުރަން ނުވަތަ ޝިފާއަށް އެދިގެން ފެންކިޔަވައި އެއަށް ފުމެ ހަދަމުއެވެ. އެކަމުން އެނގެނީ ކާފަމެން އެދައްކާ ވާހަކައާއި ގުޅުމެއްވާކަމެވެ. ނޫންނަމަ ކުރިމަތީގައި ފެންބަހައްޓައިގެން ކިޔަވައި ފުމެ ހަދަންވީ ކީއްކުރަންހެއްޔެވެ؟  

ވީމާ އަހުރެންގެ އިލްތިމާސަކީ ފެންތަށި ކުރިމަތީގައި ބަހައްޓައިގެން މިބުނިފަދަ ވާހަަކނުދެއްކުމެވެ. ހެޔޮބަހެއް ނޫނީ ނުބުނުމެވެ. ހެޔޮބަސްބުނެ ހެޔޮވާހަކަ ދެއްކީމާ އެކަމުގެ ރަނގަޅު އަސަރުކުރާނެއެވެ.  

ފެނުން ހިފަންޖެހޭ ފައިދާހުރި ބޭނުމެއްވެސް ބުނެލާނަމެވެ. ހެނދުނު ހުސްބަނޑާހުރެ ތާފަނާ ފެނުގެ ތެރެއަށް މާމުއި ސަމުސަލެއް އަޅައި އެއްކޮށްލައިގެން ބޯށެވެ. މުޅި ދުވަހު އެކަމުގެ ފައިދާކުރާނެއެވެ.

 

- މަންސޫރު އަލްސުވައިދީ 

މިއަދު އޮންލައިން