ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ނުލިބޭނެ ފައިދާއެއް ނެތް!

ކިޔުމަށް ހޭދަވާނީ 3މ 53ސ
ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ނުލިބޭނެ ފައިދާއެއް ނެތް!

ޢާއިޝަތު ރަފާޙް ޢަލީ  

ކީރިތި ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރުކުރުމެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ޘަވާބު ދެއްވަވައެވެ. އަދި ޤުރްއާން ހިތުދަސްކުރުމަކީ ﷲ ގެ އިޛުނަފުޅާ ލައިގެން ނުބައިކަންކަމުން އަޅާ ރައްކާތެރިކޮށްދޭނޭ ކަމެކެވެ. 

ﷲ ތަޢާލާ ޞާދް ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾

މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެބައިމީހުން އެ ފޮތުގެ އާޔަތް ތަކުގެ މާނަތަކާމެދު ވިސްނާ ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެ) ހަނދުމަ ކުރުމަށެވެ." 

މީގެ އިތުރުން ތަރުބިއްޔަތުގެ އުޞޫލްތަކާއި އަޅުގަނޑުމެން ދުނިޔޭގައި އުޅެންވީ ގޮތް އަންގަވާދެއްވާފައިވަނީ ވެސް ކީރިތި ޤުރްއާންގައެވެ. 

މިސާލަކަށް ބަލާނަމަ ލުޤްމާންގެފާން އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭޙަތައް ބަލާލުމުންވެސް އެނގެއެވެ. 

ﷲ ތަޢާލާ ލުޤްމާން ސީރަތުގެ 18 އަދި 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿١٨﴾‏ وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ‎﴿١٩﴾‏

މާނައީ: އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (18) އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ. (19) 

މީގެ އިތުރުން ޛިކުރު ކުރުމާއި ބެހޭގޮތުން ﷲ ތަޢާލާ އަޙްޒާބް ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ‎﴿٣٥﴾‏

މާނައީ: "ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. (35)"

ޛިކުރު ކުރުމުގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުންވެސް ހިމެނެއެވެ.

މިއަދު އޮންލައިން