ބައެއް ބެލެނިވެރިންނަށް ވިސްނިފައި އޮންނަނީ ޝައިޠޯނާގެ އުނދަގޫތައް ފޯރަން ފަށާނީ ދަރިން ބޮޑެތިވުމުން ކަމަށެވެ. ކުޑައިރު ޝައިޠޯނާ ސަމާލުކަން ނުދޭނެ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ކުއްޖާ ދުނިޔެއަށް އުފަންވުމާއިއެކު ޝައިޠޯނާ ކުއްޖާއަށް ސަމާލުކަން ދެއެވެ.
Abu Huraira reported Allah's Messenger (ﷺ) as saying:
No child is born but he is pricked by the satan and he begins to weep because of the pricking of the satan except the son of Mary and his mother. Abu Huraira then said: You may recite if you so like (the verse):" I seek Thy protection for her and her offspring against satan the accursed" (iii. 36).
: Sahih Muslim 2366a
މިޙަދީޘްފުޅުން އެނގެނީ ކުއްޖާ ދުނިޔެއަށް އުފަންވުމާއިއެކު ޝައިޠޯނާ އެކުއްޖެއްގެ ގައިގައި ވިކައިލާކަމެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާ ރޯކަމެވެ. އެކަމުން ސަލާމަތް ކުރެއްވެވި ހަމައެކަނި ކުއްޖަކީ ޢީސާގެފާނު ކަމެވެ.
އެވަރުން ފުއްދައިލަނީއެއް ނޫނެވެ. ކުދިން ނިންދެވުމުން އައިސް ގައިގައި ފިރުމައި ހަދައެވެ. އެެހން އުނދަގޫތައްވެސް ކުރެއެވެ. ވީމާ ސަމާލުކަންދީގެން އަޑުއަހާށެވެ!
ނިދަން އޮށޯވެ ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔައިފިނަމަ އެމީހަކު ނިދީން ހޭލަންދެން އެމީހާގެ ޙިމާޔަތުގައި، އެމީހާ ޙިމާޔަތްކުރާނެ ބާރެއް ﷲ ތަޢާލާ ލައްވަވާނެތެވެ. އެކަމުގެ ސަބަބުން ނިދީން ހޭލަންދެން ޝައިޠޯނާއަށް އެމީހަކާއި ކައިރިއެއް ނުވެވޭނެއެވެ.
ވީމާ މިކަމަކީ ދަރިން ނިންދެވުމުގެކުރިންވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކުދިން ލައްވައި އާޔަތުލްކުރުސި ކިޔުއްވާށެވެ! އެކަން އާދަކުރުވާށެވެ! އަމިއްލައަށް ނުކިޔެވޭ ޢުމުރުގެ ކުދިންނަށް އަޑުއިވޭވަރަށް މައިންބަފައިން ކިޔާށެވެ. ދަރިންނަށްވެސް ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ބޭނުންވާތީއެވެ!
ގިނަ ބެލެނިވެރިން އެކަމަށް ސަމާލުކަން ދެއެވެ. ނަމަވެސް އިހްމާލްވާ ބައަކުވެސް އުޅޭތީ ހަނދުމަކޮށްލައިދިނީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
- މިއަދުނޫސް
Allah’s Apostle asked, “What did your prisoner do yesterday?” I replied, “He claimed that he would teach me some words by which Allah will benefit me, so I let him go.” Allah’s Messenger (ﷺ) asked, “What are they?” I replied, “He said to me, ‘Whenever you go to bed, recite Ayat-al-Kursi from the beginning to the end —- Allahu la ilaha illa huwa-lHaiy-ul-Qaiyum—-.’ He further said to me, ‘(If you do so), Allah will appoint a guard for you who will stay with you, and no satan will come near you till morning.’ […] The Prophet (ﷺ) said, “He really spoke the truth, although he is an absolute liar. Do you know whom you were talking to, these three nights, O Abu Huraira?” Abu Huraira said, “No.” He said, “It was Satan.”
Sahih al-Bukhari 2311