ފަށްކުރުމެއް!: އަނބިން އެހެން އަނބިންނަށް މަލާމާތްކުރަން ފުރުޞަތުދީގެން ނުވާނެކަން ރަސޫލް ޞޢޥ ވަނީ ދައްކަވައިދެއްވަވާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 28ސ
ފަށްކުރުމެއް!: އަނބިން އެހެން އަނބިންނަށް މަލާމާތްކުރަން ފުރުޞަތުދީގެން ނުވާނެކަން ރަސޫލް ޞޢޥ ވަނީ ދައްކަވައިދެއްވަވާފަ!

އެއްވެސް އަނބިކަނބަލެއް އަނެއް އަނބިކަނބަލެއްގެ ޣީބަ ކިޔުއްވާ ނަމަ އެކަމަށް ނުހަނު އިންކާރު ކުރައްވާ ކަމުގައި ވިއެވެ: 

އެއް ދުވަހަކު ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: 

"يَا رَسُولَ اللَّهِ إِنَّ صَفِيَّةَ امْرَأَةٌ وَقَالَتْ بِيَدِهَا هَكَذَا…". "އޭ ﷲ ގެ ރަސޫލާ (صلى الله عليه وسلم) އެވެ. ހަމަކަށަވަރުން ޞަފިއްޔާއަކީ -[ވިދާޅުވެ އެކަމަނާއަކީ ކުރު ބޭކަނބަލެއް ކަމަށް ދޭހަވާނޭހެން އަތްޕުޅުން އިޝާރާތް ކުރެއްވި]- އަންހެނެކެވެ". އެހިނދު ނަބިއްޔާ صلى الله عليه وسلم އެކަމާ ނުރުހުންވެވަޑައިގެން އިންކާރު ކުރައްވައި ޙަދީޘްފުޅު ކުރެއްވިއެވެ: "لَقَدْ مَزَجْتِ بِكَلِمَةٍ لَوْ مَزَجْتِ بِهَا مَاءَ الْبَحْرِ لَمُزِجَ". "ކަމަނާ ތިޔަ ވިދާޅުވި ކަލިމަފުޅަކީ، އެކަލިމައެއް ކަނޑުގެ ލޮނުގަނޑާ އެއްކޮށްލެވިއްޖެ ނަމަ މުޅި ކަނޑު ފަސާދަވާ ވަރުގެ ކަލިމައެކެވެ".

الترمذي 2502. 

އަދި އެހެން ދުވަހަކު ޢާއިޝާ رضي الله عنها ޚަދީޖާ رضي الله عنها އާ މެދު ވިދާޅުވިއެވެ: 

"فَذَكَرَهَا ذَاتَ يَوْمٍ ، فَاحْتَمَلَتْنِي الْغَيْرَةُ فَقُلْتُ: لَقَدْ عَوَّضَكَ اللَّهُ مِنْ كَبِيرَةِ السِّنِّ". 

"… ފަހެ އެއް ދުވަހަކު އެކަލޭގެފާނު އެކަމަނާގެ މަތިން ޛިކުރު ކުރެއްވިއެވެ. އެހިނދު ތިމަންކަމަނާގެ ޣީރަތްތެރިކަމުގެ ސަބަބުން ތިމަންކަމަނާ ދެންނެވީމެވެ. "ހަމަކަށަވަރުން (އެ) މުސްކުޅި ކަމަނާގެ ބަދަލުގައި ﷲ ތަޢާލާ (ތިމަންކަމަނާ) ކަލޭގެފާނަށް ދެއްވައިފިއެވެ". 

އެހެން ހަމަ ވިދާޅުވުމާ އެކު ނަބިއްޔާ صلى الله عليه وسلم އެކަމާ ވަރަށް ބޮޑަށް ކޯފާވެވަޑައިގެންނެވިއެވެ. 

އެކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها އިތުރަށް ވިދާޅުވިއެވެ: 

"… فَرَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غَضِبَ غَضَبًا سَقَطْتُ فِي خَلَدِي ، فَقُلْتُ فِي نَفْسِي: اللَّهُمَّ إِنَّكَ إِنْ أَذْهَبْتَ غَضَبَ رَسُولِكَ عَنِّي لَمْ أَعُدْ أَذْكُرُهَا بِسُوءٍ مَا بَقِيتُ ، فَلَمَّا رَأَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا لَقِيتُ، قَالَ: كَيْفَ قُلْتِ؟ وَاللَّهِ لَقَدْ آمَنَتْ بِي حِينَ كَفَرَ بِيَ النَّاسُ ، وَآوَتْنِي إِذْ رَفَضَنِي النَّاسُ ، وَصَدَّقَتْنِي إِذْ كَذَّبَنِي النَّاسُ ، وَرُزِقَتْ مِنِّي الْوَلَدَ إِذْ حُرِمْتُمُوهُ مِنِّي”. قَالَتْ: “فَغَدَا وَرَاحَ بِهَا عَلَيَّ شَهْرًا “

[منتقى من الثاني من حديث أبي الدحداح – (رقم الحديث: 34. ونسبه الحافظ في ” الإصابة” (12/217 – 218) إلى كتاب (الذرية الطاهرة) للدولابي، وقال محقق (سير أعلام النبلاء): "إسناده حسن”]. 

"ފަހެ (އެހިނދު) ﷲ ގެ ރަސޫލާ صلى الله عليه وسلم ވަރަށް ބޮޑަށް ކޯފާވެވަޑައިގެންނެވި ތަން ތިމަންކަމަނާއަށް ފެނިވަޑައިގެންނެވިއެވެ. ތިމަން ކަމަނާގެ ހިތްޕުޅަށް އެރިއެވެ. އަދި ތިމަންކަމަނާ ހިތާހިތުން ދުޢާ ކުރެއްވީމެވެ: 

“‘ އޭ ﷲ އެވެ! އިބަ އިލާހުގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތިމަންކަމަނާގެ މައްޗަށް ވެވަޑައިގެންފައިވާ ކޯފާ ފިއްލަވައިދެއްވާދޭވެއެވެ. މިއަޅާ ދުނިޔޭގައި (ދިރި) ހުރިހާ ހިނދަކު އެކަމަނާއާ މެދުގައި ގޯސް ގޮތަކަށް ދުވަހަކުވެސް ބަހެއް ދެން ނުބުނާނަމެވެ".

ފަހެ ތިމަންކަމަނާއަށް ވެގެންދިޔަ ގޮތް އެކަލޭގެފާނަށް ފެނިވަޑައިގެންވުމުން ޙަދީޘްފުޅު ކުރެއްވިއެވެ: 

"ކަމަނާ ތިޔަ ވިދާޅުވީ ކޮންފަދައަކުން ތޯއެވެ؟ ﷲ ގަންދެއްވާ (ހުވާކުރައްވައި) ޙަދީޘްފުޅުކުރައްވަމެވެ. މީސްތަކުން ތިމަންކަލޭގެފާނަށް ކާފިރުވީ ހިނދު އެކަމަނާ ތިމަންކަލޭގެފާނަށް އީމާންވެވަޑައިގެންނެވިއެވެ. އަދި މީސްތަކުން ތިމަންކަލޭގެގާނަށް އިންކާރުކުރި ހިނދު އެކަމަނާ ތިމަންކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި މީސްތަކުން ތިމަންކަލޭގެފާނު (ގެ ބަސްފުޅު) ދޮގުކުރި ހިނދު އެކަމަނާ ތިމަންކަލޭގެފާނު (ގެ ބަސްފުޅު ޤަބޫލުކޮށް) ތެދުކުރެއްވިއެވެ…."  

ނުނިމޭ… 

- ޝައިޚް ޒަމްޒަމް ފާރިޝް

 

 

މިއަދު އޮންލައިން