ފުވައްމުލައް ސިޓީގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން އެ ސިޓީގެ ކައުންސިލާއެކު މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ފުވައްމުލައް ސިޓީގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން އެ ސިޓީގެ ކައުންސިލާއެކު މަޝްވަރާކޮށްފި

ފުވައްމުލައް ސިޓީގައި ވުޒާރާއާއި އެމް.އެން.ޑީ.އެފް އިން ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން އެ ސިޓީގެ ކައުންސިލާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އަދި ދިފާޢީ ދާއިރާގެ އެކި އިދާރާތަކުގެ ޚިދުމަތްތައް ފުވައްމުލައް ސިޓީގައި ދެވޭނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ކުއްލި ޙާލަތްތަކުގައި، އެމް.އެން.ޑީ.އެފް ގެ ޚިދުމަތްތައް ފުވައްމުލައް ސިޓީގައި ދިނުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ފާޠިމަތު މިޒްނާ ޢަލީއާއި، ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރާއި، އެމް.އެން.ޑީ.އެފް ގެ ކަމާގުޅޭ ޚިދުމަތްތަކުގެ ބައެއް އިސް އޮފިސަރުންނާއި، ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން