ޤުރްއާން ކިޔަވަން އިށީނދެ ކިޔަވަން ފެށުމުގެ ކުރިން ކުރަން ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޤުރްއާން ކިޔަވަން އިށީނދެ ކިޔަވަން ފެށުމުގެ ކުރިން ކުރަން ފައިދާހުރި ދުޢާއެއް!

ކީރިތި ޤުރްއާން ކިޔަވަން އިށީނދެފައި މިކުރަނީ ކުޑަ ކަމެއްގެ ގޮތުގައި ނުދެކޭށެވެ! ތިބާ ތިއަ ކިޔަވަނީ ﷲ ތަޢާލާ ވަޙީ ކުރެއްވެވި ބަސްފުޅުތަކެވެ. އެހެންކަމުން އެއީ އިންސާނެއްގެ ދުލުން ކިޔޭނެ އެންމެ މުހިންމު ތަކެއްޗެވެ. އެންމެ މަތިވެރި އަދި އެންމެ އަގުހުރިވެސް ތަކެއްޗެވެ. 

ވީމާ ކީރިތި ޤުރްއާން ކިޔަވަން ފަށަމުން މިފަދަ ނުވަތަ މިފަދަ މޭރުމަކުން ދުޢާކުރާށެވެ.  

"ޔާ ﷲ! މިއަޅާގެ ދުލުން ކިޔަވާ ކީރިތި ޤުރްއާނުގެ ކޮންމެ އަކުރެއްވެސް އިނބަ ﷲ ރުހިވޮޑިގަންނަވާމަގުން ތަޖްވީދާއި އެއްގޮތަށް ކިޔުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! ކިޔަވަން އިންނައިރު ޝައިޠާނާގެ ވަސްވާސްތަކުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަޅާ ކިޔަވާ ތަކެތި މިއަޅާއަށް ފަހުމްކޮށްދެއްވަވައި އެއިގައިވާ ޢަޖާއިބުކުރުވަނިވި ކަންކަން މިއަޅާއަށް ފަހުމްކޮށްދެއްވަވާނދޭވެ! ކީރިތި ޤުރްއާނަށް އަމަލުކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވައި ކީރިތި ޤުރްއާނަށް އަމަލުކުރާ އަޅުންގެތެރެއިން މިއަޅާ ހިމަނުއްވަވައި ދެއްވަވާނދޭވެ!" އާމީން

ކީރިތި ޤުރްއާން ކިޔެވުމުގައި ދެގޮތަކަށް ކުރިއަށް ކުރިއަށް ގެންދެވިދާނެއެވެ. ފުރަތަމަ ގޮތަކީ ޚަތިމް ކުރުމަށް ކިޔަވާ ކިޔެވުމުވެ. އެގޮތަށް ކިޔެވިނަމަވެސް ކޮންމެ ދުވަހަކު ވެސް މާނައާއިއެކު ކޮންމެ ވެސް މިންވަރަކަށް ކިޔެވުމަކީ 2 ވަނަ ގޮތެވެ. އެންމެ މުހިންމީ މާނައަށް ވިސްނައިގެން ކިޔަވާ ކިޔެވުމެވެ. އާދޭސްކޮށްފައި ބުނަމެވެ. މަދުވެގެން މަހަކު ޚަތިމެއް ކުރަން މަސައްކަތްކުރާށެވެ! ޤުރްއާނުގެ އަހުލުވެރިންނަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން