އެންމެ 10 ސިކުންތުގެ އެހެންނަމަވެސް ވަރަށް މުހިއްމު ދުޢާއެއް!
(اللَّهُمَّ أَعِنِّى عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ)
އެކުލެވިގެންވާ މާނައީ " އޭ ﷲ އެވެ. އިބަ އިލާހަށް ގިނަ ގިނައިން ޛިކުރުކުރާ ، އިންބަ ﷲ އަށް ޝުކުރުވެރިވާ ހެޔޮ ރަނގަޅު ޞާލިޙު އަޅެއްގެ ގޮތުގައި މިއަޅާ ލައްވާފާންދޭވެ."
މިއީ މުޢާޛް ބުން ޖަބަލު ރަޟިޔަﷲ ޢަންހް ކޮންމެ ނަމާދެއްގެ ފަހުގައި ކިޔުއްމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ދުޢާއެކެވެ. "ކުރުކުރު ދުޢާއެއް، އެހެންނަމަވެސް މި ދުޢާގެ މާނަ ވަރަށް ފުން. މި ދުޢާ އަޅުގަނޑުމެން ކޮންމެ ނަމާދަކަށްފަހުގައި ކިޔާކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ ޙަޔާތަށް އޭގެ ހެޔޮ އަސަރުތައް އެތައް ގޮތަކުން ކުރާނެ!"
އަހުރެން މިދުޢާ ހަނދުމަކޮށްމިދިނީ ނަމާދަށްފަހު ހަމައެކަނި މިދުޢާކުރުމަކަށް ނޫނެވެ. ނަމާދަށްފަހު ކުރަން ހުރި ޛިކުރުތަކާ ދުޢާތައް ކުރާށެވެ! އަވަސްއަރުވާލައިފަ ފައިބައިގެން ނުދާށެވެ! އެއީ މާއަގުހުރި ވަޤުތުކޮޅެކެވެ. ނަގައިލުމަށްފަހު އަނބުރާ ހޯދޭނެ ވަޤުތެއްވެސް ނޫނެވެ.
- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން
- ޝައިޚް މުޙައްމަދު ބާޖައުރު