ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނީ އެމީހާގެ ސަބަބުން އެމީހާ ކުރި ހެޔޮ ޢަމަލުތައް ގެއްލިގެންދާނެ މީހުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނީ އެމީހާގެ ސަބަބުން އެމީހާ ކުރި ހެޔޮ ޢަމަލުތައް ގެއްލިގެންދާނެ މީހުން!: މުފްތީ މެންކް

ޤިޔާމަތް ދުވަހު އެއްވެސް މީހެއްގެ އަތުގައި އެއްވެސް ބާވަތެއްގެ ފައިސާއެއް ނުހުންނާނެއެވެ. ހުންނާނީ އެމީހާ ކުރި ހެޔޮ ޢަމަލުތަކެވެ. އެދުވަހު ހުރިހާ މުޢާމަލާތްތަކެއްވެސް ކުރަންޖެހޭނީ އެމީހާގެ ޢަމަލުތަކުންނެވެ.  

ވިސްނާށެވެ! މީހަކު ގޮސްހުރީ ވަރަށް ގިނަ ހެޔޮޢަމަލުތައްކޮށް އެޢަމަލުތައް ހިފައިގެންނެވެ. އެކަމަކު އޭނާ އެހެން މީހުންގެ ހިތުގައި ޖެއްސުވުމުންނާއި އަނިޔާވެރިވުމުންނާއި ޣީބަ ބުނުނަ ފަދަ ކަންކަން ކޮށްފައި ހުރުމުން ބަދަލުދޭންޖެހުނީއެވެ.  

އެބަދަލުދޭންޖެހޭނީ އެމީހާކޮށްފައި ހުރި ހެޔޮ ޢަމަލުތަކުންނެވެ. ބަދަލުދެމުންގޮސް ހުރިހާ ހެޔޮ ޢަމަލުތަކެއް ހުސްވީއެވެ. އެހިސާބުން ދެން ޖެހޭނީ އެހެން މީހުން (ބަދަލުލިބެންޖެހޭ މީހުން) ކޮސްފައި ހުރި ފާފަތަކާއި ޙަވާލުވާށެވެ. ޙަވާލުވެގެން ނަރަކައަށް ވަންނާށެވެ.   

ދެން ނިކަން ބުނެބަލާށެވެ! އެމީހަކަށްވުރެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހަކު ހުންނާނެ ހެއްޔެވެ؟ ހުންނާނެ ކަމަކަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. ވީމާ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާ ފަދައިން ތިމާކުރާ ހެޔޮ ޢަމަލުތައް ގެއްލިގެން ދިއަނުދިނުމަށްވެސް މަސައްކަތްކުރާށެވެ! ކުރި ހެޔޮ ޢަމަލުތަކުގެ ފައިދާކުރާނީ އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން