އިންޖިނިއަރިންގ އެވޯޑު ދިނުމުގެ އުސޫލު އާންމުކޮށްފި؛ ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
އިންޖިނިއަރިންގ އެވޯޑު ދިނުމުގެ އުސޫލު އާންމުކޮށްފި؛ ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލަނީ

ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ނިންމާފައިވާ "އިންޖިނިއަރިންގ އެވޯޑު" ދިނުމާ ގުޅޭ އުސޫލު ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ.

މި އެވޯޑާ ގުޅޭގޮތުން އެ ވުޒާރާއިން ވިދާޅުވީ، އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ. މިއީ ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާ ކުރިއެރުވުމަށާއި، މި ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ މަސައްކަތްތައް ރާއްޖޭގެ ފެންވަރުގައި ބަލައިގަތުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.

މި އެވޯޑު ތައާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމެވެ. މީގެ އިތުރުން، ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ ހިއްސާ އިތުރުކުރުމާއި، މި ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އުފައްދައި، ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ހިތްވަރު ދިނުމަކީވެސް މި އެވޯޑުގެ ބޭނުމެކެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި އެވޯޑުގެ ސަބަބުން މޫސުމީ ބަދަލުތަކާ ގުޅޭ ދެމެހެއްޓެނިވި އަދި އިޖާދީ އިންޖިނިއަރިންގ އުފެއްދުންތެރިކަން ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 10 ގިންތިއަކުންނެވެ. އެ ގިންތިތަކަކީ:

އިންޖިނިއަރ އޮފް ދަ އިޔަރ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ޔަންގް އިންޖިނިއަރ އެވޯޑު ވިމެން އިން އިންޖިނިއަރިންގ އެވޯޑު އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ދާއިރާތަކުގެ ފަންނުވެރިންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި އިންޖިނިއަރިންގ އެވޯޑަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ދާއިރާއަށް އަންނާނެ މުހިންމު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން