ކޮންމެ ކަމަކަށް ސަލާންޖަހަން އަނބިމީހާއަށް ޖެއްސުވުމަކީ ފިރިމީހާ ފަޤީރުވެ ނިކަމެތިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކޮންމެ ކަމަކަށް ސަލާންޖަހަން އަނބިމީހާއަށް ޖެއްސުވުމަކީ ފިރިމީހާ ފަޤީރުވެ ނިކަމެތިވާ ކަމެއް!

ބައެއް މީހުންނަށް ވިސްނެނީ ގޭގެ ޚަރަދުތައް ތިމާކުރާނަމަ އެނިމުނީ ކަމަށެވެ. މައްސަލައަކަށްވަނީ ގޭގެ ޚަރަދުތަކުގެ ލިސްޓުގައިވެސް އަނބިމީހާގެ ބޭނުންތައް ނުއޮންނަކަމެވެ. އެހެންވެ ކިތަންމެ ކުޑަ ކަމަކަށް ބޭނުންވިޔަސް އަނބިމީހާއަށް ޖެހެނީ ފިރިމީހާއަށް އާދޭސްކޮށް ސަލާންޖަހާށެވެ! 

މިއީ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ފިރިމީހާއަށް ލިބޭ އާމްދަނީގެ ނިޞްބަތުން އަނބިމީހާގެ އަމިއްލަ ޚަރަދުތަކަށް ބައެއް އަޅާށެވެ! އަނބިމީހާގެ އަމިއްލަ މަސައްކަތުން ފައިސާ ހޯދިނަމަވެސް އެބައި އަޅަންވާނެއެވެ. އަދި އަނބިމީހާއަށް އަމިއްލަ މަސައްކަތުން އާމްދަނީ ނުލިބޭނަމަ އެބައި ބޮޑުކުރަންވެސްވާނެއެވެ.  

ފިރިމީހާގެ އަތްމައްޗަށް ރިޒުޤް ދެއްވަވަނީ އެކަނި ބޭނުންކުރުމަކަށް ނޫނެވެ. ޢާއިލާއަށް ޚަރަދުކުރުމަށެވެ. އެކަން ދަންނަންވާނެއެވެ. ފައިސާ ޚަރަދުކުރަންވާނީ އެކަމަށް ވިސްނައިގެންނެވެ.  

ކޮންމެ އަންތބަކީ ފިރިމީހާގެ ގާތުން ކޮންމެ ކަމަކަށް އެދެން ބޭނުންވާނެ މީހެއް ނޫނެވެ. އެހެންވެ އަމިއްލައަށް ބޭނުންކުރާ ތަކެތި ހުސްވެގެންދިއނަމަވެސް ހޯދައިދޭން ނުބުނާ އަނބިން ތިބޭނެއެވެ. އެއެއްޗެތި ނުލިބޭތީ ޝަކުވާ ނުކުރިނަމަވެސް އޭނާ ހުންނާނީ ދެރަވެފައެވެ. އަނބިމީހާގެ ހިތަށް ކުރާ އަސަރު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.

ވީމާ ކޮންމެ ކަމަކަށް ސަލާންޖަހަން އަނބިމީހާއަށް ނުޖައްސުވާށެވެ! އެއީ ފިރިމީހާ ފަޤީރުވެ ނިކަމެތިވާ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން