ކުރާ ކޮންމެ އަޅުކަމެއްގައިވެސް ދުޢާކުރުމުގައިވެސް ﷲ ތަޢާލާ އާއިމެދު ދެކެންޖެހޭނެ ގޮތް!: ޝައިޚް ޢަބްދުއްރައްޒާޤް އަލް-ބަދްރު

ކިޔުމަށް ހޭދަވާނީ 1މ 22ސ
ކުރާ ކޮންމެ އަޅުކަމެއްގައިވެސް ދުޢާކުރުމުގައިވެސް ﷲ ތަޢާލާ އާއިމެދު ދެކެންޖެހޭނެ ގޮތް!: ޝައިޚް ޢަބްދުއްރައްޒާޤް އަލް-ބަދްރު

ޢާއިޝަތު ރަފާޙް ޢަލީ

 

މުސްލިމެއްގެ މައްޗަށް ވާޖިބުވަނީ އޭނާ އަޅުކަންކުރުމަށް ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ހެޔޮކޮށް ހީކުރުމެވެ. 

ތިބާ ﷲ އަށް ދުޢާކުރާނަމަ، ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވާ ބަސްފުޅު ހަނދާންކުރާށެވެ: ޣާފިރް ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ" ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް އިޖާބަދެއްވާ ހުށީމެވެ." 

ފަހެ، ﷲ ތިބާގެ ދުޢާ އިޖާބަދެއްވައި، ތިބާގެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައި، ތިބާ އެދޭ އެއްޗެއް ދެއްވާނެކަމަށް ހީކުރާށެވެ. 

ތިބާއަކީ ކުށްވެރިއެއް ކަމުގައިވެ، އަދި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކުރެވޭ މީހެއް ނަމަވެސް، ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. ކުށްތަކާއި ފާފަތަކާއި ނުކިޔަމަންތެރިކަން ތިބާގެ މައްޗަށް ގަދަވެ ދިޔަ ނުދޭށެވެ. އަދި ތިބާގެ ފާފަތައް ގިނަކަމާއި، މާޔޫސްކަމާއި އުއްމީދު ގެއްލިގެން ދިޔުން ތިބާގެ މައްޗަށް ގަދަވެގަނެގެން ދިޔަ ނުދޭށެވެ. ތިބާއަކީ އެފަދަ މީހަކު  ކަމުގައި ނުވާށެވެ. ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. އަދި އެކަލާނގެ ފާފަތައް ބޮޑުވެ ގިނަވީ ކަމުގައި ވިޔަސް ފާފަ ފުއްސަވާނެކަމަށް ޔަޤީންކުރާށެވެ.

 

- ޝައިޚް ޢަބްދުއްރައްޒާޤް އަލް-ބަދްރުގެ ދަރުސަކުން

- މިއަދުނޫސް                   

މިއަދު އޮންލައިން