ޑޮލަރުން އިންވެސްޓްކުރާ ސްކީމްގެ ފައިދާ ޑޮލަރުން ދޭން ބީއެމްއެލްއިން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޑޮލަރުން އިންވެސްޓްކުރާ ސްކީމްގެ ފައިދާ ޑޮލަރުން ދޭން ބީއެމްއެލްއިން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތަޢާރަފްކުރި "އިންވެސްޓްމަންޓްސް" ސްކީމްގެ ދަށުން އިންވެސްޓްކުރާ ޑޮލަރާއި، އެއަށް ލިބޭ ފައިދާވެސް ޑޮލަރުން ދޭ ގޮތަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން "އިންވެސްޓްމަންޓްސް"ގެ ނަމުގައި މި އައު ޚިދުމަތް ތަޢާރަފުކޮށް، އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް ހަމަޖައްސާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މި ސްކީމަކީ އިންވެސްޓްމަންޓް ޕޫލްތަކެއްގެ ގޮތުގައި ކުރިއަށްގެންދާ، %25 އާ ހަމައަށް ފައިދާ ލިބުމުގެ ފުރުސަތު އޮތް ސްކީމެކެވެ.

މި ސްކީމް ފެށިގެން އައިއިރު އޮތް އުސޫލަކީ، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވުމެވެ. އަދި އިންވެސްޓްމަންޓަށް ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާ ގޮތަށެވެ. ނަމަވެސް، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ބޭންކުން މިހާރު ވަނީ މި އުސޫލަށް ބަދަލު ގެނެސްފައެވެ.

ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ފޮރެކްސް އިންވެސްޓްމަންޓްގެ އަދަދާއި އޭގެ ފައިދާވެސް މިހާރު ކަސްޓަމަރުންނަށް ލިބޭނީ ޑޮލަރުންނެވެ. އެހެންނަމަވެސް، އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖު ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

މި ބަދަލާއެކު، ބޭންކުގައި ޑޮލަރު ބަހައްޓައިގެން ބޮޑު ފައިދާއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އިތުރަށް ފަހިވެގެންދާނެއެވެ. ބީއެމްއެލް އިން އަންނަނީ ކަސްޓަމަރުންނަށް ފައިދާހުރި ތަފާތު އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން