ތަރިކަ ދިރާސާކުރުމަށް ދޭ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތަރިކަ ދިރާސާކުރުމަށް ދޭ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ތަރިކަ ދިރާސާކުރުމަށް ދޭ "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" އަށް އެދި ހުށައެޅުމުގެ މުއްދަތު އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި ސްކޮލަރޝިޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރ ކޮށްގެން ކުރިއަށްގެންދާ ފުރުސަތެކެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށެވެ. މިއީ ދިވެހި ތަރިކައާއި ސަގާފަތުގެ ދާއިރާއިން އިލްމީ ދިރާސާތައް އިތުރުކުރުމަށް ހުޅުވާލެވުނު މުހިންމު ފުރުސަތެކެވެ.

މި ޕްރޮގްރާމުގެ މުއްދަތަކީ ޖުމްލަ 2 އަހަރު ދުވަހެވެ. ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ދަރިވަރުން ކޮންމެ މަހަކު އެއްފަހަރު ދިވެހި ތަރިކަ ދިރާސާކުރާ މަރުކަޒުގައި މަސައްކަތް ކުރަން ޖެހޭނެއެވެ. ދަރިވަރުން ދިރާސާ ކުރާނެ ވަކި މައުޟޫޢުތައް ކަނޑައަޅާނީ އެ މަރުކަޒުންނެވެ.

މި ސްކޮލަރޝިޕްގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދިރާސާ ކަރުދާސްތައް ތައްޔާރުކޮށް ޝާއިޢުކުރުމާއި، ތަރިކައާ ގުޅުންހުރި މުހިންމު ފޮތްތައް ތަރުޖަމާކުރުން ފަދަ އިލްމީ މަސައްކަތްތައް ހިމެނެއެވެ.

ކޯސް ފުރިހަމަކުރުމަށްފަހު، ސްކޮލަރޝިޕް ހާސިލުކުރި ފަރާތުން 2 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ޚިދުމަތްކުރުމަށް ވަނީ ޝަރުތުކޮށްފައެވެ. މިއީ މި ދާއިރާއަށް ބޭނުންވާ ތަމްރީނު ލިބިފައިވާ ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން