ތިބާއަކީ މިޚަބަރު މިގޮތަށް ލިބޭނެ މީހަކަށް ވެވިއްޖެނަމަ ތިބާއަށް އެވަނީ މަރުވާ ވަޤުތުން ފެށިގެން ސުވަރުގޭގެ އުފާވެރިކަން ލިބިފަ! އަޅެ ތިބާއަށް މިޚަބަރު ޙައްޤުވޭތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިބާއަކީ މިޚަބަރު މިގޮތަށް ލިބޭނެ މީހަކަށް ވެވިއްޖެނަމަ ތިބާއަށް އެވަނީ މަރުވާ ވަޤުތުން ފެށިގެން ސުވަރުގޭގެ އުފާވެރިކަން ލިބިފަ! އަޅެ ތިބާއަށް މިޚަބަރު ޙައްޤުވޭތަ؟

ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލްވަމުންދާ އެއްކަމަކީ މަރުވާއިރަށް އެމީހެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުކުރަންޖެހޭނެ ވަޤުތަށެވެ. އެވަޤުތު ﷲ ތަޢާލާ އިއްވަވާނެ ޙުކުމްފުޅަށެވެ.  

ކޮންމެ މީހަކު މަރުވުމުންވެސް އެމީހެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވެއެވެ. މަރުގެ މަލާއިކަތުން ސުވަރުގެ ލިބުން ޙައްޤު މުއްމިންތަކުންގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވުމުން ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ!  

"އޭ ހިތްހަމަޖެހިގެންވާ ފުރާނައާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލް، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ!" (އަލްފަޖްރް: 27-30)

މިފަދަ ނަޞީބަކަށް އެދޭ މީހާއަށް އޮތީ އެކަމަށް އެދި ގަދައަޅައި އެކަން ޙާޞިލުކުރަން މަސައްކަތްކުރުމެވެ. ފުރުޞަތަކީ ޢާންމުކޮށް ހުރިހާ މުސްލިމުންނަށް ހުޅުވިގެންވާ ފުރުޞަތެކެވެ. އަދި ކޮންމެ މީހަކަށްވެސް ހުޅުވާލެވިގެންވާ ފުރުޞަތެކެވެ. ކާފިރުންނަށްވެސް އެބައޮތެވެ. ނަމަވެސް އިސްލާމްކަށްވުމަށްފަހުގައެވެ. ފުރުޞަތުގެ ބޭނުން ކުރުމާއި ނުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.    

ދުޢާއަކީ އެންމެހައި މުސްލިމުން ކުރާ ހެޔޮ އަމަލުތައް ޤަބޫލުފުޅުކުރައްވަވައި މި މަތިވެރި ނަޞީބު މިންވަރުފުޅުކޮށްދެއްވެވުމެވެ! އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން