ސައިކަލާ ކާރު ހުއްޓަސް ބޭނުން ނުކޮށް، ހިނގާފަ މިސްކިތަށްދިއުމުން ލިބޭނެ ޘަވާބު ހާދަގިނައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސައިކަލާ ކާރު ހުއްޓަސް ބޭނުން ނުކޮށް، ހިނގާފަ މިސްކިތަށްދިއުމުން ލިބޭނެ ޘަވާބު ހާދަގިނައެވެ!

އަހުރެން ބުނަން މިއުޅެނީ އަވަދިނެތި މަސައްކަތުގައި އުޅެމުން ހިނގާފައި މިސްކިތަށްދިއުމަށް ވަޤުތު ހޭދަކުރުމުގެ ވާހަކައެއް ނޫނެވެ. މަސައްކަތު ގަޑީގައި މަސައްކަތް ކުރަންވާނެއެވެ. އެއީވެސް އަޅުކަމެކެވެ. މުހިންމީ ފަރުޟުތަކަށް ރައްކައުތެރިވަމުން މަސައްކަތް ކުރުމެވެ.  

ފަރުޟު ނަމާދަށް މިސްކިތައް ދިއުމަކީ ނަމާދުކުރުމުން ލިބޭ ޘަވާބުގެ އިތުރުން ގިނަ އަދަދެއްގެ ފާފަ ފުހެވި، ގިނަ އަދަދެއްގެ ޘަވާބު ލިބޭ ކަމެކެވެ. ގޭގައި ނަމާދުކުރުން ހުއްދަ ނަމަވެސް ގޭގައި ނަމާދުކުރާ މީހާއަށް ނަމާދަށް މިސްކިތަށް ދިއުމުން ލިބޭ ގިނަ ފައިދާތައް ނުލިބޭކަން ޙަދީޘްފުޅުން އެނގިގެންދެއެވެ. އަދި ފިރިހެނުންނަށް އޮތީ މިސްކިތުގެ ޖަމާއަތަށް ނަމާދަށް ދިއުންކަން އެނގިގެންދާ ޙަދީޘްފުޅުތައް ވަރަށް ގިނައެވެ.  

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވެވިއެވެ:

(من حين يخرج أحدكم من منزله إلى مسجده فرجل تكتب حسنة والأخرى تمحو سيّئة)صححه الألباني. " 

މާނައީ: ތިއަބައިމީހުންކުރެ މީހަކު މިސްކިތަށް ދިއުމަށްޓަކައި ގެއިން ނުކުންނަ ހިނދުން ފެށިގެން އެއް ފިޔަވަޅުން ހެޔޮކަމެއް ލިޔެވި އަނެއް ފިޔަވަޅުން ފާފައެއް ފޮހެދެތެވެ."  

ގެއާއި ކައިރީގައި ހުންނަ މިސްކިތަކަށް ދާނަމަ އެޅޭނީ މަދު ފިޔަވަޅުކޮޅެކެވެ. ދުރު މިސްކިތަކަށްދާނަމަ އެޅޭފިޔަވަޅުތައް ގިނަވާނެއެވެ. ވީމާ ގިނަ ފާފަތައް ފުހެވި ލިބޭ ޘަވާބު އިތުވެގެންދާނެއެވެ. ވީމާ ވަޤުތު އޮތްވަރަކުން މިކަމަށް ސަމާލުކަންދޭށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން