ބައިވެރިޔާއަށް މަކަރުހެދުމަކީ އޮޅުމަކުން ކުރެވޭނެ ކަމެއް ނޫން! އެއީ އަނެކާއަށް ދެރަދޭން ޤަޞްދުގަ ކުރާކަމެއް! މަކަރުހެދުމުން ސަލާމަތްވެހުރެވުން އެދި މިފަދައިން ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބައިވެރިޔާއަށް މަކަރުހެދުމަކީ އޮޅުމަކުން ކުރެވޭނެ ކަމެއް ނޫން! އެއީ އަނެކާއަށް ދެރަދޭން ޤަޞްދުގަ ކުރާކަމެއް! މަކަރުހެދުމުން ސަލާމަތްވެހުރެވުން އެދި މިފަދައިން ދުޢާކުރާށެވެ!

ބައެއް މީހުން އެމީހުންގެ ޙަޔާތުގެ ބައިވެރިޔާއަށް މަކަރުހަދާފައި އެއީ ކުރެވުނު ކަމެއްކަމަށް ބުނެއެވެ. އެއީ ހަދާ ބޮޑު ދޮގެކެވެ. ކުރެވުނު ކަންތައް ކިޔަނީ ތިމާގެ ޤަޞްދަކާނުލައި ކުރެވޭ ކަންކަމަށެވެ. މަކަރުހެދުމަކީ ޤަޞްދަކާނުލައި ކުރެވޭނެ ކަމެއް ނޫނެވެ!  

މަކަރުހަދާނީ އަނެކާގެ ހިތުގަ ޖައްސުވައި ހިތްދަތތިކުރުވާށެވެ! ދެރަދީ ނިކަމެތިކުރާށެވެ!  

މިހެން ބުނީމާ ދެކޮޅުހަދާ ބައަކުވެސް އުޅޭނެއެވެ. އެމީހުން ނިކަން މިސުވާލުތަކަށް ޖަވާބުދީބަލާށެވެ؟ މަކަރުހަދަނީ ކީއްކުރަންހެއްޔެވެ؟ ބައިވެރިޔާއަށް އެނގުމުން މިބުނި ކަންކަމާއި އިތުރު ކަންކަންވެސް ކުރިމަތިވާނެކަން އެނގޭތީ ނޫންހެއްޔެވެ؟  

ދެން ނިކަން ބުނެބަލާށެވެ! ޤަޞްދަކާއި ނުލައި މަކަރުހެދޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ އެގޮތެއް ނުއޮންނާނެއެވެ.  

އަހުރެމެން މިފަދައިން ދުޢާކުރަން އެބަޖެހެއެވެ!  

"ޔާ ﷲ! ބައިވެރިޔާއަށް މަކަރުހެދުމުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! މިއަޅާއަށް ކުރެވޭ ކުށަކުން ބައިވެރިޔާއަށް ހިތްދަތިކަމެއް އަދި ނިކަމެތިކަމެއްވެސް ކުރިމަތި ނުކުރައްވަވާނދޭވެ! ބައިވެރިޔާ ފިޔަވައި އެހެން މީހަކަށް މިއަޅާގެ ހިތުގައި ލޯބިއުފެދުނަ ނުދެއްވަވާނދޭވެ! ކޮންމެ ދުވަހަކީ މިއަޅާގެ ހިތުގައި ބައިވެރިޔާއަށް ލޯބި އިތުރުވާ ދުވަހެއް ކަމުގައި ލައްވަވާނދޭވެ!" އާމީން  

މިފަދައިން ދުޢާކުރަމުން ދުޢާގައި ހިމެނޭ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްވެސް ކުރަންވާނެއެވެ. ދުޢާ ޢިޖާބަކުރައްވަވައި ރަޙްމަތް ލައްވަވާނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން