ބައެއް މީހުން އައިސް ސުވާލުކުރެއެވެ. "މިއުޅެނީ ވަރަށް ދަތިޙާލުގައެވެ. ނިކަމެއްޗަކަށް ޞަދަޤާތެއްވެސް ކޮށްލެވޭކަށް ނެތެވެ. މިޙާލަތުގައި ކުރެވޭނީ ކޮންކަމެއްތޯއެވެ؟"
އަހުރެން އެމީހުންނަށް ވިސްނައިދެނީ މީހަކަށް ކުރެވޭނެ އެންމެ މަތިވެރި ޞަދަޤާތެވެ. އެއީ އެމީހެއްގެ އަނބިދަރިންނަށް ހޭދަކުރުމެވެ. ދަތިޙާލުގައި ތިބިނަމަ މައިންބަފައިންނަށް ހޭދަކުރުމެވެ.
ވީމާ ލިބޭ މިންވަރުން ފުރަތަމަ ކަމަކަށް ތިމާގެ ބެލުމުގެދަށުގައި ތިބި މީހުންނަށް ޚަރަދުކުރާށެވެ! އެއަށްވުރެ ދުރަށް ހޭދަކުރަން ވިސްނަންވާނީ އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަށްފަހުގައެވެ.
އެއީ ގިނަ ބައަކު ކަމަކަށް ނުބުނާނަމެވެ. ނަމަވެސް ބައެއް މީހުން އެމީހުންގެ އަނބިދަރިން ދަތިޙާލުގައި ބައިތިއްބާފައި އެކުވެރިންނަށާއި ނުވެސް އެނގޭ މީހުންނަށް ހޭދަކުރެއެވެ. އެކަން ރަނގަޅެއް ނޫނެވެ. އަނބިދަރިން ހައިހޫނުކަމުގައި ބައިތިއްބާފައި ދުރު މީހުންނަށް ޞަދަޤާތް ކުރުމެއް ނެތެވެ. ޞަދަޤާތްކުރުން ތަރުތީބުކުރަންވާނީ ޢަމިއްލަ ޢާއިލާއިން ފެށިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން