އުފަންވެލި ފިހާރަތަކުގައި އަނެއްކާވެސް 3 ދުވަހުގެ މެގަ ސޭލް އެއް!!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 23ސ
އުފަންވެލި ފިހާރަތަކުގައި އަނެއްކާވެސް 3 ދުވަހުގެ މެގަ ސޭލް އެއް!!

ތާޒާ ތަރުކާރީ އާއި މޭވާގެ އިތުރުން އަސާސީ ކޯބޯތަކެތީގެ ގިނަ ބާވަތްތަކެއް ހެޔޮއަގެއްގައި ގެނެސް ފޯރުކޮށްދޭ މަޑިހާ ކޮމްޕެނީން ހިންގާ އުފަންވެލި ފިހާރަތަކުގައި އަނެއްކާވެސް މެގަ ސޭލެއް އަޅުވައި އެކަން އިއުލާން ކޮށްފިއެވެ.

އޮގަސްޓް 6 ން 8 އަށް ކުރިޔަށްދާ ޕްރޮމޯޝަންގައިވެސް ކުރީ ފަހަރުތަކެކޭ އެއްގޮތަށް މައިގަނޑު ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހެޔޮއަގެއްގައި ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

މާލެ އަދި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް 2 ގައި ހުންނަ އުފަންވެލި ފިހާރަތަކުން މިފަހަރު ޚާއްސަކަމެއް ދީފައިވާ ބާވަތްކުގެ ތެރޭގައި ހިމެނެނީ، ކުކުޅު، ލުނބޯ، ތާޒާ ބިސް، ޓޮމާޓޯ އަދި އަލުވި އެވެ.

މަޑިހާ ކޮމްޕެނީން ބުނެފައިވާ ގޮތުގައި މިފަހަރުގެ ޕްރޮމޯޝަން އަކީ ވެސް ފެންވަރު ރަގަޅު ކާބޯތަކެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކުންފުނީގެ ފަރާތުން ކުރާމަސައްކަތުގެ ދަށުން ހުޅުވާލި ޕްރޮމޯޝަން އެކެވެ.އަދި އުފަންވެލި ފިހާރަތަކުން އަބަދުވެސް ބަލަނީ އެއިރަކު ލިބެންހުރި އެންމެ ހެޔޮ އަގެއްގައި އަސާސީ ކާބޯތަކެތި ފޯރުކޮށްދެވޭތޯ ކަމަށް ބުނެފައި ވެއެވެ.

މަޑިހާ ކުންފުނިން މިކުރާ މަސައްކަތުގެ ސަބަބުން ތާޒާ ތަރުކާރީ އާއި މޭވާ އަދި ޕްރީމިއަމް ކޮލިޓީގެ އެއްގަމުމަސް، ގަނޑުކުރި ބާވަތްތަކުގެ އިތުރުން ގްރޯސަރީގެ އައިޓަމް ތައް އެފިހާރަތަކުން ލިބޭނެ ކަމުގެ ޔަގީންކަން ހޯދާދެވިފައިވާކަމަށް ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

މިފަހަރުގެ ޕްރޮމޯޝަންގެ މުއްދަތު ކަމަށްވާ އޮގަސްޓް 6 ން 8 އަށް ހުރިހާ ބޭފުޅުންވެސް އުފަންވެލީގެ ކޮންމެވެސް އެއްފިހާރަޔަކަށް ވަޑައިގެން ސްޓޮކް ހުސްވުމުގެ ކުރިން ޕްރޮމޯޝަންގެ ފައިދާ ތަޖްރިބާ ކޮށްލެއްވުމަށް އެކުންފުނިން އެދެއެވެ.

މަޑިހާ ކޮމްޕެނީ އަކީ 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އެތެރެ ކޮށް ވިއްކަމުން އަންނަ މަޝްހޫރު ދިވެހި ވިޔަފާރިއެކެވެ.

މަޑިހާ ކުންފުނީގެ މައިގަނޑު ޚިދުމަތްތަކާއި މަޢުލޫމާތު

• ފެށުން: 1985 ވަނަ އަހަރު އުފެދުނު މި ކުންފުންޏަކީ ދިވެހިބާޒާރަށް ކާބޯތަކެއްޗާއި މޭވާ ގެނައުމުގައި އިސް ދައުރެއް އަދި އިތުބާރެއް ލިބިފައިވާ ކުންފުންޏެކެވެ.

• އުފަންވެލި ފިހާރަ: މާލެއާއި ހުޅުމާލޭގެ ފޭސް1އަދި ފޭސް 2 ގެ މުހިންދު ދެ ސަރަހައްދެއްގައި "އުފަންވެލި" ގެ ނަމުގައި ރީޓެއިލް ފިހާރަތައް ހިންގަ އެވެ.

• މައިގަނޑު މުދާ: ތާޒާ މޭވާ (އޮރެންޖް, އާފަލު ލުބޯ ޓޮމާޓޯ ފަދަ), ތަރުކާރީ ގެ އިތުރުން އިންޑިއާގެ ފެންވަރު ރަނގަޅު ހަލާލު ކުކުޅު އަދި ކިރުގެ ބާވަތްތަކާއި ބިސް ހިމެނެއެވެ.

• އިޖުތިމާއީ ޒިންމާ އަދި ހެޔޮއަގު: ޚާއްޞަކޮށް ރޯދަމަސް ފަދަ ދުވަސްވަރު ބާޒާރުގައި މޭވާއާއި ތަކެތީގެ އަގު އުފުލޭ ވަގުތު ތަކުގައި، އާންމުންނަށް ލުއެއް ހޯދައިދިނުމަށް އަގުހެޔޮކޮށް ކާބޯތަކެތީގެ ބާވަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ފަރާތެކެވެ.

މިއަދު އޮންލައިން