ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަނީ މިސަރުކާރުގެ ސަބަބުން ނޫންކަމާއި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން، ތަކެއްޗާއި މުދާ އުފުލުމުގެ އަގުތައް އުފުލޭތީކަމަށް ލިލީ ގުރޫޕުގެ ޗެއާމަން މައްލާ އަހްމަދު ނާޞިރު ވިދާލުވެއްޖެއެވެ.
ނާޞިރުގެ ވާހަކަފުޅު:
ބައެއް މީހުން ބުނޭ ސަރުކާރުން ކުރިކަމަކުން ބޮޑުވަނީއޭ. ސަރުކާރުން ކުރި އެއްވެސް ކަމަކުން ބޮޑުވާ އެއްޗެއް ނޫން މީ. މި ހުންނަ ފްރައިޓް އާއި ގަލްފު ހަނގުރާމައިގަ ތެލަށް އަންނަ ބަދަލުތަކުން މި ބޮޑުވަނީ. ބޮޑަށް ފްރައިޓް އާއި އެކަހަލަ އެއްޗެހި ބޮޑުވީމަ ދެން ތަކެތީގެ އަގަށް އެ ބަދަލު އަންނާނެ. އެހެން ވަމުން މިދަނީ.
އަޅުގަނޑުމެން މި ބަލަނީ ވަރަށް އެއްވަރެއްގައި ހިފެހެއްޓޭތޯ. އެހެން ނަމަވެސް ހަނގުރާމަ ފެށުމުގެ ކުރީގަ މިސާލަކަށް އަރަބި ކަރައިން މިސާލަކަށް ގެންނަ އެއްޗެއް 20 ފޫޓުގެ ކޮންޓެއިނަރެއް ހުންނަނީ 1600 ރުފިޔާއަށް. މިހާރު ދެން 2750. އޭގެ ކުރީގައި އޭރުގަ ހުންނަނީ 40 ފޫޓު ކޮޕންޓެއިނަރެއް ނުންނަނީ 4000 ރުފިޔާއަށް. މިހާރު ހުރީ 8000 ރުފިޔާއަށް.
އެހެންވީމަ އެބަދަލު އައިސްގެން ގެނެވޭ ތަކެތި އޭގެތެރޭގައި ހިމެނިއްޖެއްޔާ އެ ދެން ހަމަ އަގު ބޮޑުވާނެ ނޫންތޯ. އެހެން ނޫނިއްޔަކާ އަޅުގަނޑުމެންނެއް ހަމަ ގަސްތުގަ އެއްވެސް އެއްޗެއްގެ އަގު އެހެން ބޮޑެއް ނުކުރަން. އެއީ އޭގެ ސަބަބުން ވާގޮތަކީ ޑޮލަރުގެ އަގަށްވެސް ބަދަލު އަންނާނެ. އެބަދަލު މިސާލަކަސް މި ތަކެއްޗަށް އައުމަކީ އެކަށީގެންވާ ކަމެއް.
އެކަމު، އަނެއްހެން މީ ސަރުކާރުން ކުރާ ކަމަކުން ނޫނޭ މި ބޮޑުވަނީކީ. މީ ދުނިޔެއަށް މި އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑުވާ އެއްޗެއް ބޮޑުވާނެ. އާންމު ގޮތެއްގައި ފްރައިޓުން މި ބޮޑުވަނީ. އެއީ ދެން ތެލަށް އަސަރު ކުރާނެތާ އެ ހަނގުރާމަ ކުރާތީ. ދޭތެރެއަކުން އެބަ ހަނގުރާމަ ކުރޭ، މިހާރު ދުވަސްކޮޅެއް ވެއްޖެ. އެހެންވީމަ އޭގެ އަސަރު. އަޅުގަނޑުމެންނެއް ހަމަ ގަސްދުގައި އެހެން ތިބެފަކާ މި ތަންތަނުންނެއް އެހެން ބޮޑެއް ނުކުރާނެ އިނގޭތޯ ހަމަ އަދި އަގެއް.