މިޙާލަތަށް ޤައުމުގެ އިޤްޠިޞޯދު ވެއްޓުނީ އިޤްޠިޞޯދުކުރިއަރުވަން އެއްވެސް ކަމެއް ނުކުރީތީ! މިސަރުކާރުން މިގެންދަނީ މަސައްކަތްކޮށް ނަތީޖާ ނެރެމުން!: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
މިޙާލަތަށް ޤައުމުގެ އިޤްޠިޞޯދު ވެއްޓުނީ އިޤްޠިޞޯދުކުރިއަރުވަން އެއްވެސް ކަމެއް ނުކުރީތީ! މިސަރުކާރުން މިގެންދަނީ މަސައްކަތްކޮށް ނަތީޖާ ނެރެމުން!: ވަޒީރު ސަޢީދު

އަޅުގަނޑު ދެން މި ވާހަކަތައް މި ކިޔައިދޭ ސަބަބަކީ ބައެއް ވިޔަފާރިވެރިންނާ އަޅުގަނޑުމެން މި ވާހަކަ ދައްކަނީ. ބިޒްނަސް ކައުންސިލްއާ އެއްކޮށް އަޅުގަނޑުމެން މަސެއްކަތް މި ކުރަނީ. އަދި އޭގެ އިތުރަށް ރާއްޖޭގެ ބޮޑެތި އިންޕޯޓަރުންނާއި އެއްކޮށް، ހޯލްސޭލަރުންނާއި އެއްކޮށް. އަދި ރީޓެއިލް ކުރާ ބައެއް ބޭފުޅުންނާއި އެއްކޮށް މި ވަހަކަތައް މި ދައްކަނީ.  

ދެން، އަޅުގަނޑުމެން މިނިސްޓްރީ ހަމަ 7/24 އޭ ދެންނެވިއަސް ގޯހެއް ނުވާނެ އިނގޭތޯ. މިހާރު މިސާލަކަށް އެޕްލިކޭޝަން އެއް މެދުވެރިކޮށް ދިވެހިރާއްޖޭގެ ހަމަ ކަންކޮޅުތަކުގެ އެޕްލިކޭޝަން އަގުމަގުގަ ރެޖިސްޓާ ކޮށްގެން އަގުތައް އެ ހުންނނީ ބަލާލެވެން. 

ދެން މިސާލަކަށް އަސާސީ ކާބޯތަކެއްޗަށް ބަލާއިރު 60 އަކަށް އައަހަރު ވީއޭ ހަނޑޫ، ހަކުރު، ފުށް އެކަނި. ހުރިހާ ސަރުކާރު ތަކަކުންވެސް އަސާސީ ކާބޯތަކެއްޗަކީ އެއީ ކަމަށް ބަލައިގެން މިއުޅުނީ. އެކަމު އެއްވެސް ސަރުކާރަކުން ކަމެއް ކޮށްފިހެއްޔޭ އެ ހާލަތު ބަދަލު ކުރަން، މި ސަރުކާރު ފިޔަވާ.

އެއީ 10ބާވަތުގެ ތަރުކާރީ، 10 ބާވަތުގެ މޭވާ. އަދި އިތުރު 3 ބާވަތުގެ ކާނާވެސް ހިމަނައިގެން.

އެ ބާވަތްތައް ދިވެހި ރާއްޖޭގަ އެންމެ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމްތައް ހަމަޖައްސާ އަދި އަޅުގަނޑު މިއަދު ވާ އުފަލަކީ ވިޔަފާރިވެރިންގެ ބައިވެރިވުން މި ކަންކަމަށް ލިބޭތީ. އެއީ މި ހާލަތުގައި ދިވެހިރާއްޖޭގެ ތަކެތި އަގު ބޮޑުވިޔަ ނުދީ މިކަން ކުރުމަށްޓަކާ. ދެން މިހެން ދަންނަވާއިރުވެސް އަގަށް އަންނަ ބަދަލު ތަކުގެ ވަރަށް ބޮޑުބައެއް މި ކުޅެނީ ފްރައިޓް. އެއީ ބައިނަލް އަޤުވާމީ ގޮތުން އަންނަ ދައްޗެއް.  

ތެލުގެ ހާލަތަށް. އެއީ ބައިނަލް އަގުވާމީ ގޮތުން އަންނަ ދައްޗެއް. ޑޮލަރުގެ ހާލަތަށް. ޑޮލަރުގެ ހާލަތު މިހިސާބަށް ދިޔަ ސަބަބަކީ ރުފިޔާ ޗާޕު ކުރީމަ. އަށް ބިލިއަން ރުފިޔާ ޗާޕު ކުރީމަ. ޤާނޫނު ތަޅު އެޅުވި އިރުގައި ތިއްބެވި ބޭފުޅުން، އޭރު ރިޔާސަތުގައިވެސް ތިއްބެވި ބޭފުޅުން މިއަދު އެވާހަކަ އެ ދައްކަނީ އިނގޭތޯ. 

އެހެންވީމަ އެ ހާލަތު ބަދަލު ކުރުމަށްޓަކާ މި ސަރުކާރު ކުރީ ކޮން ކަމެއްތޯ؟ މި ސަރުލާރު 1.2 ބިލިއަން ޑޮލަރުގެ ލޯނެއް ދައްކައިފި. އަދި ފޮރިން އެކްސްޗޭންޖު ޤާނޫނަށް ބަދަލެއް ގެނެސްގެން މި ހާލަތު މެނޭޖް އެބަ ކުރޭ. އަދި މި ހާލަތުން އަރައި ގަތުމަށްޓަކާ މަސެއްކަތްތަކެއް އެބަ ކުރެވޭ. 

މި ހުރިހާ ކަމެއް ކުރެވެމުން ދަނިކޮށް، އަދި ބޭރުގެ ބާޒާރުތަކާ އެއްކޮށް ދިވެހި ރާއްޖެއަށް މުދާ ގެނެސްގެން ސްޓޯރޭޖް ރަނގަޅު ކުރުމާއި ރާއްޖޭގެ ބަނދަރު ރަނގަޅު ކުރުމާއި ރާއްޖޭގެ މި ހާލަތުން އަރައި ގަތުމަށްޓަކާ މަސައްކަތްތަކެއް މިދަތީގަވެސް މި ސަރުކާރުން ރައީސް މުޢިއްޒު އެ ގެންދަވަނީ ކުރަމުން، މި ސަރުކާރުން ކުރަމުން އެ ގެންދަވަނީ. ގެންދާ އިރުގަ އަޅުގަނޑުގެ އޮތީ ހަމަ އެންމެ ސުވާލެއް. އެމް.ޑީ.ޕީ އަށް ބާރު ލިބުނު ފަހަރު ނުވަތަ ދެ ވެރިކަމެއް ކޮށް ނިމުނު އިރު އެއްކަމެއް ވިދާޅުވެ ބައްލަވާށޭ ކުރި މި ހާލަތު ރަނގަޅު ކުރަން. ކުރި އެއްކަމެއް ވިދާޅުވެ ބައްލަވާށޭ.

މިއަދު އޮންލައިން