ކުރިމަތިވެ ކަންބޮޑުވެގެން ތިއައުޅެނީ ކޮން ކަމަކަށް ހެއްޔެވެ؟ މާލީ ދަތިކަން ހެއްޔެވެ؟ ބޮޑުބައްޔެއްގައި އުޅެންޖެހުނީހެއްޔެވެ؟ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ގިނަވަނީހެއްޔެވެ؟
މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ކުރިމަތިވެގެން އުޅެނީ ކޮންމެ ކަމެއް ނަމަވެސް ދުޢާކުރަން އޮތް ގޮތުގައި ހުރެގެން މިދުޢާކުރާށެވެ! އެކަމެއް ޙައްލުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
ދުޢާ:
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا
"އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!"
(އަލްކަހްފި: 10)
މިދުޢާގައި އަހުރެމެން މިއެދެނީ ﷲ ތަޢާލާގެ ރަޙްމަތަށެވެ. ﷲ ތަޢާލާ ރަޙްމަތް ލެއްވެވުމުން ނުފުދޭނެ ބޭނުމެއް ނެތެވެ.
- ޝައިޚް މުޙައްމަދު ބާޖޫރު
- މިއަދުނޫސް