ޚުޠުބާ: މީސްތަކުންނަށް އޯގާތެރި، މަޑުމައިތިރި، މުޢާމަލާތުކުރަން ފަސޭހަ، ގާތްކަން ބެހެއްޓުމަކީ ނަރަކަ ޙަރާމްކުރެއްވިގެންވާ ސިފަތައް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޚުޠުބާ: މީސްތަކުންނަށް އޯގާތެރި، މަޑުމައިތިރި، މުޢާމަލާތުކުރަން ފަސޭހަ، ގާތްކަން ބެހެއްޓުމަކީ ނަރަކަ ޙަރާމްކުރެއްވިގެންވާ ސިފަތައް!

މާތް اللهގެ އަޅުތަކުންނޭވެ! ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (حُرِّمَ عَلَى النَّارِ كُلُّ هَيِّنٍ لَيِّنٍ سَهْلٍ قَرِيبٍ مِنَ النَّاسِ)[1] މާނައީ: "ނަރަކަ ޙަރާމްކުރެއްވިގެންވަނީ (މީސްތަކުންނަށް) އޯގާތެރި، މަޑުމައިތިރި، މުޢާމަލާތުކުރާން ފަސޭހަ، ގާތްކަން ބަހައްޓާ، ކޮންމެ މީހަކަށެވެ." އަދި ވެސް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. "ތިޔަބައިމީހުންނަށް ނަރަކައިގެ އަހުލުވެރީންގެ ވާހަކަ ބުނެދެއްވަން

ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. "އާދޭހެވެ!" ޙަދީޘްކުރެއްވިއެވެ: (كُلُّ عُتُلٍّ، جَوَّاظٍ مُسْتَكْبِرٍ)[2] މާނައީ: "(އެއީ) ހަރުކަށި، އަދަބުކުޑަ، ބޮޑާ، ކިބުރުވެރި، ބާޠިލު ގޮތުގައި ޖަދަލުކުރާ ކޮންމެ މީހެކެވެ." މި ދެ ޙަދީޘުގައި ލޮބުވެތި ރަސޫލާ ﷺ ބަޔާންކޮށްދެއްވައިފައިވަނީ، ކިބުރުވެރިކަމެއް ނެތި މަޑުމައިތިރިވުމާއި، އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް

ސިފަތަކެއްކަމެވެ. އަދި ބޮޑާވުމާއި، ހިތްހަރުކަމާއި، ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމެވެ.  

މާތް اللهގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ރިވެތި ގޮތުގައި މީސްތަކުންނާ މުޢާމަލާތުކުރާށެވެ! އަދި މާތް الله ގެ ރުއްސެވުން އަދައި، ސުވަރުގޭގެ އަހުލުވެރީންގެ ތެރެއިން ވުމަށް ޓަކައި، އެކަކު އަނެކަކަށް ތަވާޟުޢުވެރިވާ، އެކަކު އަނެކަކު ދެކެ ލޯބިވާ، އޯގާތެރި ބަޔަކަށް ވާށެވެ! މާތް الله އަހުރެންނާއި ތިޔަ އެންމެތަކުންނަށް އެ މަގުން ހިނގުމުގެ ތައުފީޤުދެއްވާށިއެވެ! އާމީން!  

[2] أخرجه البخاري(٤٩١٨)، ومسلم (٢٨٥٣)، واللفظ للبخاري.

މިއަދު އޮންލައިން