ނެޓް މީޓަރިންގ ގަވާއިދާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ނެޓް މީޓަރިންގ ގަވާއިދާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން "ނެޓް މީޓަރިންގ ރެގިއުލޭޝަން 2026" އާ ގުޅޭގޮތުން ބާއްވާ ހާއްސަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ 2026 ވަނަ އަހަރު އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ނެޓް މީޓަރިންގ ގަވާއިދާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު އާންމު ފަރުދުންނަށާއި، މަދަނީ ޖަމްއިއްޔާތަކަށް (NGOs) އަދި މި ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކާއި އިންސްޓޯލަރުންނަށް ވަނީ އެރުވިފައެވެ.

މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ނުވަތަ ކިއުއާރް ކޯޑު ސްކޭން ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިއީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން