ދުނިޔެއާ އާޚިރަތުގެ ކާމިޔާބީ ގުޅިފައިވާ އެންމެ ބޮޑު ދެކަންތަކަށް އެއްވެސް ޙާލެއްގަ އުންމީދު ކަނޑާލައިގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދުނިޔެއާ އާޚިރަތުގެ ކާމިޔާބީ ގުޅިފައިވާ އެންމެ ބޮޑު ދެކަންތަކަށް އެއްވެސް ޙާލެއްގަ އުންމީދު ކަނޑާލައިގެން ނުވާނެ!

އަހުރެމެންގެ މުޅި ހަޔާތް ވޭތިކުރަން މިޖެހެނީ އުންމީދެއްގެ މަތީގައެވެ. އެއީ ސުވަރުގެ ވައްދަވާނެ އަޅުކަމުގައިވުމުގެ އުންމީދެވެ. ކަންކަން ވިސްނެން ފެށީންސުރެ މަރުވުމާއި ހަމައަށްވެސް މަސައްކަތްކުރަން އޮތީ އެއުންމީދު ޙާޞިލުކުރުމަށެވެ. އެކަމަށް މަސައްކަތް ކުރެވިއްޖެނަމަ މަރުމަތީގައި ނަތީޖާ އެމީހަކަށް އެނގޭނެއެވެ. ނަމަވެސް އެއްވެސް ބުނެދިނުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.  

އެކަން އެމީހަކަށް އެނގޭނީ މަރުމަތީގައި މަލާއިކަތުން ވިދާޅުވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުންނެވެ. ވީމާ އެކަން އޮންނާނީ އެމީހަކާއި މަލާއިކަތުންނާއި ދެމެދުގައެވެ.  

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް (ކޮންމެ މުސްލިމަކީވެސް) ﷲ ތަޢާލާގެ ރަހްމަތްފުޅަށް އެދިއެދި ހުންނާނެ މީހެކެވެ. ރަނގަޅު ގޮތްތައް މެދުވެރިވުމަށްވެސް އެދިއެދި ހުންނާނެ މީހެކެވެ. އެހެންކަމަށްވާއިރު އެއްވެސް ޙާލެއްގައި އުންމީދު ކަނޑާނުލައި ހިފަހައްޓަން ޖެހޭ 2 ކަމެއްވެއެވެ.  

އެއީ: 1 ﷲ ގެ ރަޙްމަތާއިމެދު އުންމީދު ކަނޑާނުލުން 2 ކުރާ ދުޢާ އިޖާބަކުރައްވަވާނެކަން ޔަޤީންކުރުމެވެ.!

މި 2 ކަންތަކުގައި ކެތްތެރިކަމާއިއެކު ސާބިތުވެ ހުރެއްޖެ މީހަކަށް އަބަދުވެސް ދާނީ ރަނގަޅު ގޮތްތައް މެދުވެރިވަމުންނެވެ! އިން ޝާ ﷲ 

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." (ޣާފިރު: 60)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން