މޫނުހެދުން-: މީހުންނަށް ނުބައި ރުޅިމޫނާ ކުނިމޫނު ދެއްކުމަކީ މޫނުގެ ރީތިކަން ގެއްލި އެތައް ގޮތަކުން ބޮޑެތި ދެރަތައް ލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މޫނުހެދުން-: މީހުންނަށް ނުބައި ރުޅިމޫނާ ކުނިމޫނު
ދެއްކުމަކީ މޫނުގެ ރީތިކަން ގެއްލި އެތައް ގޮތަކުން ބޮޑެތި ދެރަތައް ލިބޭ ކަމެއް!

އަޅުގަނޑުގެ އެކުވެރިންގެ ތެރޭގައި ހިތްހަަމަނުޖެހޭ

ކަމެއް ދިމާވާއިރަށް މޫނުހަދާ ބައަކު ތިބެއެވެ. ހީވާނީ ރުޅިއައިސްގެން ތިބޭހެންނެވެ. އެގޮތަށް މޫނު ހެދީމާ ވާހަކަދައްކަންވެސް ނުކެރެއެވެ. އެއީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ކިރިޔާ ކަމެއްވާއިރަށް މޫނުމަތިން އެކަން ދައްކައި ރުޅިވެރިކަން ދެއްކުމަކީ ބައެއް މީހުންނަށް ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. އެހެންކަމުން މިބަލައިލަނީ އެކަމުގެ ހުރި ނުބައިކަމުގެ މައްޗަށެވެ. އެކަމުގެ ސަބަބުން މެދުވެރިވާ ބައެއް ކަންކަމަށެވެ.  

ފުރަތަމަ ކަމަކަށް ރުޅި މޫނާއި ކުނި މޫނު ދެއްކުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ހިނިތުންވުމަކީ ޞަދަޤާތެއް ކަމުގައި ލައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. އެނގޭހެއްޔެވެ؟ މޫނު ހަދައި ރުޅި މޫނާއި ކުނި މޫނު ދައްކާ މީހުންގެ މިޒާޖު ހަރުކަށިވެ ނުބައިވެގެންދެއެވެ. އަދި އިސާހިތަކު އެމީހާގެ މޫނުގެ އުޖާލާކަން ގެއްލި ބިރުވެރި ސިފައަށް ބަދަލުވެގެންދެއެވެ. އަބަދު ނުބައި ސިފަ މޫނުން ފެންނަން ހުންނަން ފަށައެވެ.  

ވީމާ މޫނު ރިތިކޮށް ބހައްޓަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. އެކަމަށް މަސައްކަތްކުރަން ފަށަންވީ ގޭގައެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންނާއި ކުރިމަތިލާއިރު ހިނިތުންވެ ހުރުމަކީ ގެއިން ބޭރުގައިވެސް އެ ރީތި ސިފައިގައި ހުންނަން މަގުފަހިކޮށްދޭ ކަމެކެވެ. ވީމާ އެކަމަށް ގޭތެރެއިން ޕްރެކްޓިސް ހޯދާށެވެ!  

ކޮންމެ މީހަކުވެސް ޤަދަރުވެރިންނާއި މަހުޖަނުންނާއި ބައްދަލުކުރާއިރު ހިނިތުންވެ ހުންނަން މަސައްކަތްކުރެއެވެ. ހިތް ހެޔޮ މިޒާޖު ދައްކަންވެސް ބޭނުންވެ އެކަމަށްވެސް މަސައްކަތް ކުރެއެވެ. އެވަރަކުން ނުފުދޭނެއެވެ. ކިތަންމެ ދެރަ އަދި ނިކަމެތި މީހަކާއި ކުރިމަތިލި ނަމަވެސް އެކަންކަން ހަމަ އެގޮތަށް ބަހައްޓަން މަސައްކަތްކުރާށެވެ! ޙަޤީޤީ ތަޤްވާވެރިންގެ ސިފައަކީ އެއީއެވެ.

 ތިމާއަކީ ހެޔޮލަފާ މީހެއް ކަމާއި ތަޤްވާވެރިކަން

ދައްކަންވީ އެހެން މީހުންނާއިމެދު ހަރުކަށިވުމަކުން ނޫނެވެ. އެހެން މީހުންނަށް އެހީތެރިވެ ދިނުމާއި އޯގާތެރިކަމުންނެވެ. ހަރުކަށިވާންވީ ހަމައެކަނި އިސްލާމް ދީނުގައި ސާބިތުވުމަށެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން