އަނެއް ޖިންސުގެ އެކުވެރިންނާ ގާތްކަން ބޭއްވޭނަމަ ކައިވެނި ރޫޅުން ގާތްވާ ސަބަބަށް ސަމާލުކަންދޭންޖެހޭ! މިބުނަނީ ސަބަބުތަކާ ނުކުރަންވީ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނެއް ޖިންސުގެ އެކުވެރިންނާ ގާތްކަން ބޭއްވޭނަމަ ކައިވެނި ރޫޅުން ގާތްވާ ސަބަބަށް ސަމާލުކަންދޭންޖެހޭ! މިބުނަނީ ސަބަބުތަކާ ނުކުރަންވީ ކަންކަން!

އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ ބައެއް ކްލައިންޓުންގެ ގާތުގައި އަނެއް ޖިންސުގެ މީހުންނާއި މާބޮޑަށް ގުޅިގެން ނުއުޅުމަށް ބުނުމުން ސުވާލުތައް ކުރެއެވެ. އެއީ އެކުވެރިންކަމަށާއި އެމީހުންނާއި ޖިންސީގުޅުން ނުހިންގާ ކަމަށްވެސް ބުނެއެވެ.  

ބުނަންހެއްޔެވެ؟ ފުރަތަމަ ހިންގޭނީ ޖިންސީ ގުޅުމެއް ނޫނެވެ. ދެމީހުންގެ މެދުގައި ގުޅުން ބަދަހިވަމުންގޮސް އެކަންވެސް ކުރެވޭނީއެވެ. އެކަން އެގޮތަށް މެދުވެރިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ފިރިމީހާށގެ ކިބައިން ނުލިބޭ ސަމާލުކަން އޭނާގެ ކިބައިން ލިބުމެވެ.  

މިޘާލަކަށް-: ކައިވެންޏަށްފަހު ފިރިމީހާގެ ބޭނުމަޖކަށްވާނީ ބުރަކޮށް މަސައްކަތްކޮށް ދިރިއުޅުން ކުރިއެރުވުމެވެ. ވީމާ ބައެއް ފަހަރު އަނބިން ގުޅާއިރަށް ފޯނުވެސް ނުނެދިދާނެއެވެ. ކުރާ މެސެޖަށް ޖަވާބު ދެވުންވެސް ލަސްވެދާނެއެވެ. ނަމަވެސް އެކުވެރިޔާ ވަޤުތުން ފޯނުވެސް ނަގާނެއެވެ. މެސެޖަށް ޖަވާބުވެސް ދޭނެއެވެ. މިބާވަތުގެ ކަންކަން މެދުވެރިވަމުން ގޮސް ހިތް އެކުވެރިޔާއަށް ދެވެނީއެވެ.  

ނަތީޖާ-: އެކުވެރިޔާ އެވަރަށް ސަމާލުކަން އެދެނީ ހިތުގައި އޮންނަ ކަމެއްގެ ސަބަބުންނެވެ. އެކުވެރިޔާ އެއިރު އެއުޅެނީ ލޯބިވެގެން އުޅޭ ގޮތަށެވެ. ކައިވެނިކުރެވުމާއިއެކު އޭނާވެސް ބަދަލުވާނެއެވެ. ބަދަލުނުވާނީ ވަރަށް މަދު މީހެކެވެ. މިބުނީ ކަންކަން ހިނގާގޮތެވެ.  

އަހުރެން އިލްތިމާސްކުރާނީ ކައިވެނިކުރުމަށްފަހު އަނެއްޖިންސުގެ އެކުވެރިން ގެންގުޅުނަސް ވަކިހިސާބެއްގައި ބެއިތިއްބުމަށެވެ. އެންމެ ގާތް ނުކުރުމަށެވެ. ދެމަފިރިންގެ ކަންކަން ޙިއްޞާނުކުރުމަށެވެ. އަދި އެއްވެސް ކަމަކު އެމީހުންގެ ގާތުން ނުއެދުމަށެވެ. އެމީހުން ލައްވައި އެއްވެސް ޚަރަދެއް ނުކުރުވުމަށެވެ.  

މިބަޔާންކުރި ޙާލަތުން ސަލާމަތްވެ ތިބެވޭނީ އެއިރުންނެވެ.  


- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން