ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަކުން އަދި ނުފުދެއެވެ! މީޒާން ތިމާގެ ކޮޅަށް ބުރަކުރަން މަސައްކަތްކުރަން ޖެހެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަކުން އަދި ނުފުދެއެވެ! މީޒާން ތިމާގެ ކޮޅަށް ބުރަކުރަން މަސައްކަތްކުރަން ޖެހެއެވެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ފާފައެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ތައުބާވުމެވެ. އެކަމަކު އެވަރަކުން އަދި ނުފުދެއެވެ. ވިއްދައިގެން ހެޔޮޢަމަލެއްކޮށް މީޒާން ތިމާގެ ކޮޅަށް ބުރަކުރަން މަސައްކަތްކުރަންޖެހެއެވެ.  

ޤިޔާމަތް ދުވަހަކީ މީސްތަކުންނަށް ޢަޛާބު ދެއްވެވުމުގެ ދުވަސް ކަމަށް ހީނުކުރާށެވެ! އެއީ އިންޞާފު ޤާއިމުކުރުމުގެ ދުވަހެވެ. ކޮންމެ މީހަކުނަމަވެސް ކުރި ހުރިހާ ޢަމަލުތަކެއް މީޒާނަށް ލައްވަވާނެތެވެ. ޛައްރެއްގެ މިންވަރުވެސް އުނިނުކުރައްވަވާނެތެވެ.  

އުފާވެރިކަން ލިބުން އޮތީ އެމީހެއްގެ ތިލަފަތް އެމީހާކުރި ހެޔޮ ޢަމަލުތަކުގެ ކޮޅަށް ބުރަވެއްޖެ މީހެކެވެ. އެމީހަކަށް އޮތީ ގިނަގުނަ، މަތިވެރިވެގެންވާ ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެއެވެ. އެތަނުގައި ދާއިމަށް ތިބެވޭނެ ތަނެވެ.

މީސްތަކުންނޭވެ! އަޅުކަންކުރުމަކީ ހަމައެކަނި ނަމާދުކުރުންކަމަށް ނުހަދާށެވެ! އަބަދުވެސް ތިބެންވީ އަޅުކަންކުރުންމަތީގައެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންމަތީގައެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކުރުމަކީވެސް އަޅުކަމެކެވެ.  

އަހުރެންގެ އިލްތިމާސަކީ މީޒާން ތިމާގެ ކޮޅަށް ބުރަކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެއަށްވުރެ ފައިދާހުރި އެއްވެސް ކަމެއް ނެތެވެ. ސަބަބަކީ ސުވަރުގެ ލިބެން އޮތީ މީޒާން އެމީހެއްގެ ކޮޅަށް ބުރަވެގެންކަމަށްވާތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން