އަނބިމީހާގެ ހަށިގަނޑުގެ ސިފައަށް ފުރައްސާރަކުރާ ފިރިންނަށް އެފުރައްސާރަ ރައްދުވެ ކަރުނައަޅަން ޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަނބިމީހާގެ ހަށިގަނޑުގެ ސިފައަށް ފުރައްސާރަކުރާ ފިރިންނަށް އެފުރައްސާރަ ރައްދުވެ ކަރުނައަޅަން ޖެހޭ!

ދެމީހުން ކައިވެނިކުރީ ލޯބިވެގެންނެވެ. އެކުގައި ދިރިއުޅެމުން އައީ އެކި ދުވަހު އެކި ޙާލަތުގައެވެ. އަތްމަތި ދުވަސްތައް ބައްދަލުކުރިއެވެ. ހިތްދަތި ދުވަސްތައްވެސް ބައްދަލުކުރިއެވެ. ދެމީހުން އެކުގައި ތިބީއެވެ. އަނބިމީހާ ކެތްތެރިވީއެވެ. ކައިވެނީގައި ދަރިންވެސް ލިބުނީއެވެ.  

ޒުވާންކަމެއްވެސް ނެތެވެ. މޫނުގައި ރޫވެސް ޖެހިއްޖެއެވެ. ސިނގު ބަނޑެއްވެސް ލައިފިއެވެ. ކުރިއަށްވުރެ ފަލަވެސް ވެއްޖެއެވެ. އެހެންވެ ފިރިމީހާއަށް މިހާރު އަނބިމީހާގެ ސިފަ ވަރަށް ހުތުރެވެ. އެކުގައި އުޅޭކަށް ކަމަކު ނުދެއެވެ. އެހެންވެ އަންނަނީ މަލާމާތާއި ފުރައްސާރައިގެ ބަސްތައް ރައްދުކުރަމުންނެވެ.  

ހިތާމައަކީ އަނބިމީހާގެ ސިފައަށް ބަދަލުތައް އައި ސަބަބަށް ވިސްނައިނުލާކަމެވެ. ތިމާއަށްޓަކައި ވީޤުރްބާނީއަށެވެ. ދަތިޙާލުގައި ކެތްތެރިވެއިންކަމެވެ. ތިމާގެ ދަރިންވިހައި ގެންގުޅެ ބޮޑުކުރިކަމެވެ. އެކަމަށް ބުރަކޮށް މަސައްކަތްކުރަމުންވެސް ތިމައާއި ގޭގެ މަސައްކަތްތައް ކުރިކަމެވެ.  

ބުނަންހެއްޔެވެ؟ މިކަންކަމަށް ނުވިސްނައި އަނބިމީހާގެ ސިފައަށް ފުރައްސާރަކުރާކަން އަންގައިދެނީ އެއީ ހިތުގައި ރަޙުމެއް ނެތް މީހަކުކަމެވެ. އަނބިމީހާ ކޮސްދިން ޚިދުމަތުގެ އަގުވަޒަންނުކުރާ މީހަކު ކަމެވެ. އަނބިމީހާ ވަރިކޮށްލައި އެކަނިވެރިކޮށްފިނަމަ އަންގައިދެނީ އެއީ އަނިޔާވެރިއެއް ކަމެވެ.  

މިބަސް ހަނދާނުގައި ބަހައްޓާށެވެ! އެފަދަފިރިންނަށް ކަރުނައަޅައި ރޯންޖެހޭ ދުވަސް އަންނާނެއެވެ. ނިކަމެތިޙާލުގައި އުޅެންވެސް ޖެހޭނެއެވެ. އެއީ އަހުރެމެންގެ ޢަމަލުތައް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާތީއެވެ. އިރާދަކުރައްވަވާ އަޅުންނަށް ދުނިޔޭގައިވެސް އެކަމުގެ ޖަޒާ ދެއްވަވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން