ސިއުޒާ
ބަރުދަން ލުއިކުރަން ބޭނުންވޭތޯ؟
ތިބާގެ ބަނޑު އަންނައުނު މަތިން ފުފިގެން އަރާފަ ހުންނަ ހުރުން ހުއްޓުވަން ބޭނުންތޯ؟
ބަނޑުގެ ސަރުބީތައް ވިރުވާލަން ބޭނުންތޯ؟
އެހެންކަމަށްވާނަމަ މި ޖޫސް ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ހިމާނާލާށެވެ.
ބޭނުންވާނެ ތަކެތި:
2 ލުނބޯ
އިނގުރު ކޮޅެއް
4 ލޮނުމެދު
300 އެމް.އެލް ފެން
ލުނބޯ ތޮއްޓާއި އެކު ކޮށާލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަށް އަޅާލާފައި ރަނގަޅަށް ގިރާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ގިރުމުން ފުރާނާލާށެވެ. އަދި ތަށްޓަކަށް އަޅާލާށެވެ. ބޭނުންނަމަ މާމުއި ސަމްސަލެއް ވެސް އެއްކޮށްލެވިދާނެއެވެ.
މި ޖޫސް ބޯނީ ކޮންމެ ރެއެއްގެ ނިދުމުގެ ކުރިންނެވެ. އޭރުން ނިދާފައި އޮންނަ ވަޤުތުގައި ހުރިހާ ބޭކާރު ސަރުބީތައް ވިރެމުން ދާނެއެވެ.
މި ޖޫހުގައި ހިކެން ބޭނުންވާ ޑަޔުރެޓިކް އަދި ޑިޓޮކްސިފައިންގެ މާއްދާތައް ހިމެނެއެވެ. އޭގެ ސަބަބުން ޑައިޖެސްޓް ކުރުމާއި ސެޓިއެޓީއަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުންވެސް މެޓަބޮލިޒަމް ސްޕީޑް އަވަސް ކޮށްދެއެވެ. އަދި ހަށިގަނޑުގައި ރައްކާކުރެވިފައވާ ފެޓް ގެ ބައިތައް ނައްތާލަދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު