ޝިރުކަށް ބިރުވެތިވޭ!: ކަމެއް ކާމިޔާބުކުރެވުނީ މީހެއްގެ އެހީތެރިކަމާއެކު ނަމަވެސް އެއީ އޭނާގެ ސަބަބަކުން ނޫން! ސަބަބަކަށް އޭނާ މެދުވެރިކުރައްވަވަނީ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޝިރުކަށް ބިރުވެތިވޭ!: ކަމެއް ކާމިޔާބުކުރެވުނީ މީހެއްގެ އެހީތެރިކަމާއެކު ނަމަވެސް އެއީ އޭނާގެ ސަބަބަކުން ނޫން! ސަބަބަކަށް އޭނާ މެދުވެރިކުރައްވަވަނީ ﷲ!

މީހަކު މެދުވެރިވެގެން ކަމެއް ޙާޞިލުކުރެވުނު ނަމަވެސް އެކަން ޙާޞިލްކުރެވުނީ އޭނާގެ ސަބަބުން ކަމަށް ޤަބޫލުނުކުރާށެވެ. އެއިރުން އެކަންވާނީ ޝިރުކަކަށެވެ. ހަމައެފަދައިން ތިމާއަށް އަމިއްލައަށް ނުކުރެވޭވަރުގެ ބޮޑުކަމެއް މީހަކު އެހީތެރިވެދީގެން ޙާޞިލްކުރެވުމުން އޭނާ މެދުވެރިނުވިނަމަ އެކަން ޙާޞިލްނުކުރެވޭނެ ކަމަށްވެސް ނުބުނާށެވެ.  

ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުންނެވެ. މީހަކަށް އަނެކާއަށް ކޮށްދެވޭ ކަންކަން ކޮށްއެދެވެނީ އެމީހަކު މެދުވެރިވެގެން އެކަމެއް މިންވަރުކުރެއްވެވުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާތީއެވެ. ﷲ ތަޢާލާގެ މިންވަރުފުޅާއި ނުލާ ކިތަންމެ ކުޑަކަމެއްވެސް ނުކުރެވޭނެއެވެ. އަނެކާއަށްޓަކައި ކޮށްވެސް ނުދެވޭނެއެވެ.  

ވީމާ ދުލުން ބަސްތައް ބުނާއިރު މިކަންކަމަށް ވިސްނައިގެން ބަސްބުނާށެވެ! ނޫންނަމަ އެކުރެވެނީ ޝިރުކުގެ ނުބައި ޢަމަލަކަށްވެދާނެއެވެ. ވީމާ ބުނާށެވެ! މިވެނި މީހަކު ތިމާއަށް ވަރަށް ބޮޑަށް އެހީތެރިވިއެވެ. އެއަށްވުރެ މައްޗަށް އެބަސްނުގެންދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/204682/if-he-says-of-something-that-his-friend-did-you-made-it-happen-is-that-regarded-as-shirk

 

މިއަދު އޮންލައިން