ސިއުޒާ
ތިބާއާ ނުލާ އުޅެން އަނބިމީހާއަށް ދަސްކޮށްދިނުމަށްފަހު، އޭނަ ބަދަލު ވުމުން އެކަމަށް އޭނާ ކުށްވެރި ނުކުރާށެވެ. ތިބާއާ ނުލައި އުޅުމަށް އޭނަ އާދަވުމުން އޭނަ ތިބާއަށް ބޭނުންވުން ހުއްޓާލުމުން އޭނަ ކުށްވެރި ނުކުރާށެވެ. ތިބާ ބަދަލުވުމަށްފަހު އޭނަގެ އިޙްސާސްތަށް ކޮބައިތޯ ސުވާލު ނުކުރާށެވެ.
ކުރިން އެ ހުރި ޝައުޤާ، ކުރިން އެ ހުރި ހިތްވަރާ، ކުރިން އެހުރި ހަކަތަ، ތިބާ ތަކުރާރުކޮށް ނައިސް ދިޔަ ދިޔުމާއި ފަރުވާ ކުޑަވެ އަޅާނުލާ ދޫކޮށްލި ކަންކަމުގެ ސަބަބުން މަޑުމަޑުން ބަދަލުވެ އޭނާ ތިބާ ނުވެސް ދަންނަ މީހަކަށް ބަދަލުކުރުވާނެއެވެ.
ހިތްދަތިކަމާއެކު އަންހެނަކު އެކަހެރި ކޮށްލައިފިނަމަ، އޭނަގެ ސިކުނޑިއަށް އަރާމެއް ނުލިބޭނެއެވެ. އެ ގުޅުމެއްގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ހަނދާނެއް ފަށަފަށައިގެން އޭނާ އާ ކުރާނެއެވެ. އޭނާއަށް އޭނާ ތިބާއަށްޓަކައި ހޭދަކުރި ވަޤުތުތަކަކީ ބޭކާރު އެއްޗެއްކަން އިހްސާސް ކުރެވުނު ވަޤުތާހަމައަށެވެ.
އަދި އޭނައަށް އެކަން އިޙްސާސް ކުރެވުމުން، އޭނަގެ ނިންމުން ޔަޤީން ވެގެން ދެއެވެ. އަންހެނަކު ހުރިހާ ކަމެއް ރަނގަޅަށް އެނގިހުރެ ހިތްދަތިކަމާއެކު ހިނގައްޖެނަމަ، އޭނާ ދެން ދުވަހަކުވެސް އެނބުރިއެއް ނާއްނާނެއެވެ. އެއް އިރެއްގައި ތިބާދެކެ އޭނާ ކިތަންމެ ލީބިވިނަމަވެސް މެއެވެ.
އޭނާ ދެން އިތުރަކަށް ޒުވާބެއް ނުކުރާނެއެވެ. އަދި އިތުރަކަށް ޝަކުވާއެއްވެސް ނުކުރާނެއެވެ. އަދި ތިބާގެ ފަސްފަހަތުން އިތުރަކަށް ދެން އޭނާއެއް ނުދުވާނެއެވެ. އޭނާ ހަމަހިމޭންކަމާއިއެކު ތިބާއާ ފެއަށް ޖެހޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން