"ޗާލު ދިވެހިރާއްޖެ އެވޯޑް"ގެ ރަށްރަށުގެ އިވެލުއޭޝަން ދަތުރުތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
"ޗާލު ދިވެހިރާއްޖެ އެވޯޑް"ގެ ރަށްރަށުގެ އިވެލުއޭޝަން ދަތުރުތައް ފަށައިފި

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ ރަށްރަށުގެ އިވެލުއޭޝަން ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ. މި ދަތުރުތަކަކީ އެވޯޑަށް ހުށަހަޅާފައިވާ ރަށްތަކުގެ މަސައްކަތްތައް ގާތުން ބަލައި ވަޒަންކުރުމަށް ކުރިއަށްގެންދާ ދަތުރުތަކެކެވެ.

މި އިވެލުއޭޝަން ދަތުރުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބްއާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން، މި އެވޯޑުގެ ފަނޑިޔާރުކަން ކުރައްވާ ފަރާތްތަކުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޓީމުން ރަށްރަށަށް ޒިޔާރަތްކޮށް، އެވޯޑަށް ކުރިމަތިލާފައިވާ ދާއިރާތަކުން ރަށްރަށުގައި ކޮށްފައިވާ މަސައްކަތްތައް އަމަލީގޮތުން ބަލައި ފާސްކުރާނެއެވެ.

"ޗާލު ދިވެހިރާއްޖެ އެވޯޑް" އަކީ ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ މަޤްޞަދުގައި ތަޢާރަފްކުރި އެވޯޑެކެވެ.

މި އެވޯޑަށް ޖުމްލަ 7 ކެޓަގަރީއަކުން 50 ރަށަކުން ކުރިމަތިލާފައިވެއެވެ. މީގެ ތެރެއިން ފަނޑިޔާރުންގެ މާކްސްއަށް ބަލައި، 11 އަތޮޅަކުން 14 ރަށެއް ވަނީ ދެވަނަ ބުރަށް ހޮވިފައެވެ. މިހާރު ކުރިއަށްދާ އިވެލުއޭޝަން ދަތުރުތަކުގައި ބަލާނީ މި 14 ރަށުގެ މަސައްކަތްތަކަށެވެ.

މިއަދު އޮންލައިން