މަޖުބޫރު އިމްތިޙާނުން ފާސްނުވުން!: ގިނަބައަކަށް ޤިޔާމަތް ދުވަހު ކަރުނައަޅަންޖެހޭނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަޖުބޫރު އިމްތިޙާނުން ފާސްނުވުން!: ގިނަބައަކަށް ޤިޔާމަތް ދުވަހު ކަރުނައަޅަންޖެހޭނެ ސަބަބު-

ތިބާއަށް ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އެންމެ ބޮޑު އިމްތިޙާނަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ އެންމެންހެން ދައްކާނީ އެމީހަކަށް ކުރިމަތިވި، ނުވަތަ ކުރިމަތިވެފައިވާ ދަތިޙާލަތާއި ހިތްހަމަނުޖެހުމުގެ ވާހަކައެވެ. ކަންބޮޑުވުންތަކުގެ ވާހަކައެވެ.  

އެހެން އެވަނީ އައްޔޫބްގެފާނަށް ޖެހިވަޑައިގެންނި ބޮޑު އާލާސްކަންފުޅާއި ޔޫސުފްގެފާނަށް ފުންވަޅެއްގެ އަޑީގައާއި އަދި އެއިގެ ފަހުން ހުރަގޭގައި އޮންނަވަން ޖެހިވަޑައިގަތީ އެންމެ ބޮޑތި އިމްތިޙާންތައް ކަމަށް ޤަބޫލުކުރެވޭތީއެވެ.  

އެއްވެސް ޝައްކެއް ނެތެވެ. އެހުރީ ހަމައެންމެ ބޮޑެތި އިމްތިޙާންތަކެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ހިތްދަތިޙާލަތާއި ކަންބޮޑުވުން ކުރިމަތިކުރެއްވެވުމުންނާއި އަދި ނިޢުމަތްތައް ދެއްވެވުމުންވެސް އިމްތިޙާން ކުރައްވަވާނެ ކަމަށެވެ.  

ޢަބްދުއްރަޙްމާން ބިން އަޢުފް ވިދާޅުވެފައިވަނީ ދަތިއުނދަގޫ ޙާލަތުތައް ކުރިމަތިކުރައްވަވައިގެންނާއި އުފާވެރިކަން ދެއްވަވައިގެން ﷲ ތަޢާލާ އެބޭކަލުން އިމްތިޙާން ކުރެއްވެވި ކަމަށާއި މީސްތަކުން އެންމެ ބޮޑަށް ފޭލްވީ ނިޢުމަތްތައް މިންވަރުކުރެއްވެވުމުން ކަމަށެވެ.  

އަހުރެން ފާހަގަކުރަން މިއުޅެނީ ހުރިހާ އިމްތިޙާންތަކެއްގެ ތެރެއިންވެސް އެންމެ ބޮޑު އިމްތިޙާންގެ ވާހަކައެވެ. ކޮންމެހެން ފާސްވާންޖެހޭ އިމްތިޙާންގެ ވާހަކައެވެ. އެއިމްތިޙާނަކީ لا إله إلا الله

އެވެ. އެކަމަކު ގިނަ ބައަކަށް އެކަމެއް ނުވިސްނެއެވެ. ގިނަ ބައަކު ދަނީ ފޭލްވަމުންނެވެ. ގިނަބައަކު ފޭލްވަމުން އެދަނީ ފަރިތަކޮށް ދުލުންކީނަމަވެސް ޢަމަލުނުކުރާތީއެވެ. ވީމާ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އެންމެ ބޮޑު އިމްތިޙާނުން ފާސްވާން ބޭނުންނަމަ މިދެކަލިމައިގެ އިމްތިޙާނުން ފާސްވާން މަސައްކަތްކުރާށެވެ!

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން