ކުށެއް ކުރިޔަސް، ފޫހިވިޔަސް ވަރިނުކުރާނަމަ އަންތބަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަންޖެހޭނެ! އެކަން ނުކުރަން ދެއްކޭނެ އުޒުރެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކުށެއް ކުރިޔަސް، ފޫހިވިޔަސް ވަރިނުކުރާނަމަ އަންތބަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަންޖެހޭނެ! އެކަން ނުކުރަން ދެއްކޭނެ އުޒުރެއް ނެތް!

ﷲ ތަޢާލާއަށް އަޅުކަން ކުރުމަށް ނުވަތަ ގުޅުން ބަދަހިކުރުމަށް އެކަނި ބަލައިފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެހެނީ އެކަމުގައި ހިމެނެނީ އެމީހާ އެކަނި ކަމަށްވާތީއެވެ. ނަމަވެސް އިންސާނުންނާއި ގުޅުން ބަދަހިކުރުމަށް ބަލައިފިނަމަ އެއީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. އެކަމުގައި ޝާމިލުވާ ދެވަނަ ފަރާތަކީ އިންސާނަކަށް ވުމުން އެމީހެއްގެ ކިބައިގައިވެސް މައްސަލަތަކެއް ހުންނާނެތީއެވެ.  

މައިންބަފައިންނާއި އަނބިދަރިން ބެލެހެއްޓުމުގެ ޒިންމާ އަހަރެމެންނާއި ޙަވާލުކުރައްވަވާފައި އެވަނީ މިފަދަ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަތުމާއިއެކުގައެވެ. އެއީ ކުރަން އެހާފަސޭހަކަމަކަށް ނުވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

ވީމާ މައިން ބަފައިން ގިނަގިނައިން ޝަކުވާކުރުމާއި ދަރިން ބަސް ނުއެހުމާއި އަނބިން ނުކުޔަމަންތެރިވުމަކީ ބަހަނާއަކަށް ހަދައި އެކަމުން ބަރީޢަވާން މަސައްކަތް ނުކުރާށެވެ! އެކަމެއް ނުކުރެވޭނެއެވެ! 

އަނބިމީހާ ނުކިޔަމަންތެރިވާނަމަ ނަޞޭޙަތްދޭށެވެ! ނަޞޭޙަތް ޤަބޫލު ނުކުރިނަމަ ދީނުގައި އޮތް ރިވެތިމަގުން އަނބިމީހާ ދޫކޮށްލެވިދާނެއެވެ. ނަމަވެސް އަންތބެއްގެ ގޮތުގައި ބައިންދާނަމަ ޖެހޭނީ ރަނގަޅު ގޮތުގައި ބަލަހައްޓާށެވެ! އަންތބެއްގެ ގޮތުގައި ބައިންދައިގެން އޭނާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރަން އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ.  

ދެން އޮތީ މައިންބަފައިންނާއި ދަރިންގެ މައްސަލައެވެ. އެ ޒިންމާތަކުން ރެކެވޭނެ އެއްވެސް ގޮތެއް އިސްލާމް ދީނަކު ނެތެވެ. އޮތީ ރަނގަޅު ގޮތުގައި ޒިންމާތައް އުފުލުމެވެ. އެކަންކަމަށް ބުރަ އުފުލަން ޖެހުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ! ބުރަ އުފުލަން ޖެހޭ ވަރަކަށް ދެއްވަވާ ޘަވާބު އިތުރުވާނެއެވެ! އިން ޝާ ﷲ.

ބައެއް މީހުން ވަރަށް ގިނައިން އަޅުކަން ކުރެއެވެ. ނަމަވެސް ޢާއިލީ ޒިންމާތަކެއް ނުނަގައެވެ. މައިން ބަފައިންނާއި އަނބިދަރިން ބެލެހެއްޓުމުގައި ވަނީ ފޭލްވެފައެވެ. އެކަންކަމަށް އަޅައިލުން ވަރަށް ކުޑަވުމުންނެވެ.  

މީސްތަކުންނޭވެ! އެ ޙާލަތުގައި އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއެއް ނޫނެވެ. އެހެނީ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ އަމުރުފުޅުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމުގެ ހުއްދަ ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. އަނބިދަރިންނާއި މައިންބަފައިން ބަލަހައްޓަން އަމުރުފުޅު ކުރެއްވެވީ ވެސް ހަމަ ﷲ ތަޢާލާއަށް އަޅުކަން ކުރަން އަމުރުފުޅެއްވެވި ﷲ ތަޢާލާއެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން  

 

މިއަދު އޮންލައިން