އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ ހިޔާލާއި، މަޝްވަރާ ހޯދުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި.

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ ހިޔާލާއި، މަޝްވަރާ ހޯދުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި.

ރަށްރަށުގައި އުފައްދާފައިވާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ އުސޫލު މުރާޖައާކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ ހިޔާލާއި، މަޝްވަރާ ހޯދުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިބަމަ އުސޫލަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ ގޮތުގައި ހިމެނޭ ހަ އިދާރާއިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މި މިނިސްޓްރީގެ އިތުރުން ލޯކަލް ގަވަންމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ޔުނިސެފް މޯލްޑިވްސްއެވެ.

މި މިނިސްޓްރީގެ ފަރާތުން އިސްނަގައިގެން އިބަމަ އުސޫލު މުރާޖައާކުރުމަށްޓަކައި މިއަދު މި ބާއްވާ ބައްދަލުވުމުން އެކުލަވާލެވޭ ޑްރާފްޓް އުސޫލަށް ރަށްރަށުގައި ގާއިމުކޮށްފައިވާ އިބަމަ ގްރޫޕްތަކުގެ ހިޔާލާއި، މަޝްވަރާ ހޯދުމަށްވެސް ވަނީ ރޭވިފައެވެ. 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން